logo
Bank of Maldives

Bank of Maldives

ޚަބަރު

ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ޙާލަތަށް ގެނެވޭނެ: އަމީން

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
12 އޮކްޓޯބަރު 2024 - 12:48
ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން
ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން

އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ޙާލަތަށް ގެނެވޭނެ ކަމަށް ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ކޫއްޑުގެ ރަންވޭ ހަލާކުވެ ބޯޓުތައް ޖެއްސުމުގައި ހުރި ދަތިތަކުގެ ސަބަބުން މޯލްޑިވިއަން ގެ ފްލައިޓްތައް ކޫއްޑޫއަށް މެދުކަނޑާލާފައި ވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއަރޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ޙާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ވީގެއްލުމާ ގުޅިގެން ކަމަށެވެ. މިނިސްޓްރީގެ އިސް ނެގުމާއެކު،  ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި  ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަތަކަށް ހައްލު ގެނެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަލުން މޯލްޑިވިއަންގެ ދަތުރުތައް ކޫއްޑޫއަށް ފެށޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

"މެންދުރު ޓީވީ"އަށް އެނގިފައިވާ ގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ވަނީ އެ އެއާޕޯޓުގެ ރަންވޭއަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް، ޓެސްޓް ފްލައިޓެއް ޖައްސުމަށްފަހު އޮޕަރޭޝަން އަލުން ފެށުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް މަޝްވަރާކޮށްފައެވެ. އެއާޕޯޓުގެ ،މައްސަލަ ޙައްލުކޮށް، އެ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް އިސްކަމެއްދީ ގިނަ މަސައްކަތްތަކެއް އިދާރާތަކާއި ވުޒާރާތަކުން ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަންގެ ބޭރާއި އެތެރޭގެ ދަތުރުތަކުގެ ޑިމާންޑް ބޮޑު، އެތެރޭގެ 17 މަންޒިލަކަށް 3،700 އަށް ވުރެ ގިނަ ފްލައިޓް ޚަބަރު | 2 މަސް ކުރިންއަންނަ މަހު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަނީވިޔަފާރި | 3 މަސް ކުރިންޑިސެމްބަރ ބަންދުގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާއާއި ބެންކޮކަށްވިޔަފާރި | 5 މަސް ކުރިންމޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަނީ ޚަބަރު | 6 މަސް ކުރިން