logo
MPL

MPL

ވިޔަފާރި

އަންނަ މަހު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަނީ

އިސްމާޢިލް ރާތިޢު
3 ޑިސެމްބަރު 2025 - 12:40
އަންނަ މަހު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަނީ

އަންނަމަހު މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. ސީޕްލޭންގެ ފުރަތަމަ ދަތުރު ވެލިދޫއަށް ކުރަން ޝެޑިއުލްކޮށްފައިވަނީ އަންނަމަހުގެ 23ވަނަ ދުވަހުއެވެ.

ސީޕްލޭންގެ ދަތުރުތައް އެރަށަށް ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހު ކުރުމަށް މޯލްޑިވިނުންވަނީ ނިންމާފައެވެ.

މިއީ ނ.އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެއަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ކުރާ ދަތުރުތަކެއްކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.

މޯލްޑިވިއަނުން ނ.ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވުމާއެކު ދިވެހިންނަށް ޚާއްސަ ފެއަރ އެއް ތަޢާރަފްކުރުމަށްވެސް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 999ރުފިޔާއަށް ލިބޭނެއެވެ.

ނ.ވެލިދޫގައި ސީޕްލޭން ޕްލެޓު ފޯމެއް ވެލިދޫގައި ޤާއިމްކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.

އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ވެލިދޫގައި ފެށޭނެކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނ. ވެލިދޫއަށް ފެށުމަށް ތައްޔާރުވެފައިވާ މި ދަތުރުތަކާއެކު އެތޮޅުގެ ރަށްރަށަށް ދަތުރުކުރާ ފަތުރުވެރިންނާއި ދިވެހީންނަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ޤަބޫލުކުރައްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަގްޒަރީ ދަތުރުތަކަށް ހާއްސަކޮށްގެން މޯލްޑިވިއަނުން "ކިންގް އެއާ 360" ބޯޓެއްވިޔަފާރި | 8 ދުވަސް ކުރިންމޯލްޑިވިއަނުން ޖިއްދާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ޙައްޖު ކޯޕަރޭޝަންގެ ނޮވެމްބަރު އުމްރާ ދަތުރު ފަސްކޮށްފިޚަބަރު | 12 ދުވަސް ކުރިންމޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފިވިޔަފާރި | 14 ދުވަސް ކުރިންމޯލްޑިވިއަނުން ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް ފަށައިފިވިޔަފާރި | 2 މަސް ކުރިން