ސްކޫލް މިޑްޓާމް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ހާއްސަ ދަތުރަކެއް ބެންކޮކަށް
6 މޭ 2026 - 18:58

ސްކޫލްތަކުގެ މިޑްޓާމް ޗުއްޓީއާ ދިމާކޮށް ތައިލެންޑްގެ ބެންކޮކަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވަމުންދާތީ، ގައުމީ އެއާލައިން މޯލްޑިވިއަންއިން އެ ސިޓީއަށް ހާއްސަ ފްލައިޓްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި މި ހާއްސަ ދަތުރުތައް ކުރިއަށްދާނީ ޖުލައި 12 އިން ފެށިގެން އޮގަސްޓް 2 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ އާދީއްތަ ދުވަހަކު ބެންކޮކަށް ފްލައިޓްތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ދަތުރުތައް އޮންނާނީ ޖުލައި މަހުގެ 12، 19، 26 އަދި އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
މި ދަތުރުތަކުގައި ބައިވެރިވާ ކޮންމެ ފަސިންޖަރަކަށް 25 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. މީގެ އިތުރުން، ދަތުރުގެ އަގުތައް ކަނޑައަޅާފައިވަނީ އާންމުންނަށް އަތްފޯރާ ފަށެއްގައި ކަމަށްވެސް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.
އާއިލާތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަވާނެ ގޮތަށް ފްލައިޓްތައް ފުރާ ގަޑިތައް ވެސް ވަނީ ތަރުތީބުކޮށްފައެވެ. އެގޮތުން ރާއްޖެއިން ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 ގައެވެ.
މޯލްޑިވިއަން އިން ދަނީ ބެންކޮކްގެ އިތުރުން ޗައިނާގެ ބައެއް ސިޓީތަކަށް ވެސް ދަތުރުތައް ފަށައި، އެ އެއާލައިންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ހާއްސަ ދަތުރުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލްތަކަށް ދަތުރުކުރުމަށް ލިބޭ އިތުރު ފުރުސަތެކެވެ.


