logo
Bank of Maldives

Bank of Maldives

ވިޔަފާރި

ޑިސެމްބަރ ބަންދުގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާއާއި ބެންކޮކަށް

އާމިނަތު ޝަފާ
29 ސެޕްޓެމްބަރު 2025 - 04:10
ޑިސެމްބަރ ބަންދުގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާއާއި ބެންކޮކަށް

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ގައުމީ އެއަރލައިން- މޯލްޑިވިއަނުން މެލޭޝިއާ އަދި ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ސްކޫލް ބަންދާއި ދިމާކޮށް ތައިލޭންޑްގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަލަންޕޫރަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް މޯލްޑިވިއަންއިން ނިންމިއިރު މި ދަތުރުތައް އޮންނާނީ ޑިސެމްބަރު އަދި ޖަނަވަރީ މަހުގައެވެ. މި ދަތުރުތަކަށް ޓިކެޓު ބުކް ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ޓިކެޓް ބުކް ކުރެވޭނީ މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށެވެ.

މި ދަތުރުތަކުގެ އަގު އުޅެނީ މެލޭޝިއާއަށް ދެކޮޅު ޓިކެޓު 355 ޑޮލަރަށް އަދި ބެންކޮކަށް 399 ޑޮލަރަށެވެ. މެލޭޝިއާއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުން ޖަނައަރީ 11އަށް، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އަދި ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ހަމެހިފައިވަނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13އަށް ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހުއެވެ.

އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއަރލައިނުން މައުލޫމާތުދެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަމުންދަނީ ބައިނަލްއަޤްވާމީ 2 ގައުމެއްގެ 5 މަންޒިލަކަށެވެ. އެއީ ޗައިނާގެ 3 ސިޓީއަކާއި އިންޑިއާގެ 2 ސިޓީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިސެމްބަރ ބަންދުގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާއާއި ބެންކޮކަށްވިޔަފާރި | މަހެއް ކުރިންމޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަނީ ޚަބަރު | މަހެއް ކުރިންއަޒަރުބައިޖާން އެއަރލައިނުން އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރެވޭ އެއްބަސްވުމެއްވިޔަފާރި | މަހެއް ކުރިންއެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ 3.6 މިލިއަންގެ ހުކުމެއްޚަބަރު | 3 މަސް ކުރިން