މޯލްޑިވިއަންގެ ފްލައިޓެއް ސްޓާޓް ނުވެގެން ފުރުން ލަސްކޮށް، ފަސިންޖަރުން ބާލައިފި

މޯލްޑިވިއަން ގެ ފްލައިޓެއް -- ފޮޓޯ/ މިހާރު
.jpg&w=3840&q=75)
12 އޮކްޓޯބަރު 2024 - 05:55
ހޯރަފުށީ އެއާޕޯޓުން ފުރަން އުޅުނު މޯލްޑިވިއަންގެ ފްލައިޓެއް ސްޓާޓް ނުކުރެވި، އެ ފްލައިޓުން ފަސެންޖަރުން ބާލައިިފިއެވެ.
"މެންދުރު ޓީވީ"އަށް އެނގިފައިވާ ގޮތުގައި، އެ ފްލައިޓުގެ އެއް އިންޖީނު ސްޓާޓް ނުކުރެވި، މިހާރު އެ ފްލައިޓު ވަނީ ގްރައުންޑްވެފައެވެ. އަދި އެ ފްލައިޓަށް އެރުވި ފަސެންޖަރުން ވެސް މިހާރު ވަނީ އެ ފްލައިޓް އިން ބާލާފައެވެ.
އެ ފްލައިޓަށް ދިމާވި މައްސަލަ ޙައްލުކުރުމުގެ މަސައްކަތް މޯލްޑިވިއަން އާއި ހޯރަފުށީ އެއާޕޯޓުން ކުރަމުން އަންނަ އިރު، އެ ފްލައިޓުން ދަތުރުކުރާ ފަސެންޖަރުން ފުރުވާލެވޭނެ ގޮތެއް ވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މައްސަލަ ޙައްލުކުރެވޭނެ ވަގުތެއް އަދި ނޭނގެއެވެ.
މޯލްޑިވިއަންގެ ފްލައިޓުތަކަށް މަދުން ނަމަވެސް، އެފަދަ ޓެކްނިކަލް މައްސަލަތައް ދިމާވެގެން ގްރައުންޑްކުރަން ޖެހެއެވެ.
އިތުރު ލިޔުންތައް

"މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙުކޮށްފި
6 މަސް ކުރިން
ކޫއްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާކޮށްފި
5 މަސް ކުރިން
ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ޙާލަތަށް ގެނެވޭނެ: އަމީން
5 މަސް ކުރިން