logo
Bank of Maldives

Bank of Maldives

ޚަބަރު

ބ. ކިހާދޫގައި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

ބ. ކިހާދޫގައި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު-1 ކާމިޔާބުކަމާ އެކު ނިންމާލުމުގެ އުފަލުގައި، ބ. ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް ހިންގާ، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ހުންނަ ބ. ކިހާދޫގެ ބަނދަރު ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށްގެންދިޔައީ މެއި 23 ވީ ހޮނިހިރު ދުވަހުގެ ހަވީރު 16:0 އިން 18:00އަށެވެ. ​އެމްއެންޑީއެފް މިލިޓަރީ ބޭންޑުން ވަނީ މި ހަރަކާތުގައި ހިތްގައިމު ރީތި ރާގުތަކަށް މިއުޒިކު ކުޅުމާއި، ދިވެހި ސަގާފީ އައިޓަމްތައް ހުށަހަޅައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ޚާއްޞަ ދެ މެސްކޮޓަކާ އެކު ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދީ، ހަދިޔާ ވެސް ވަނީ ބަހާފައެވެ.

މިއީ ސިފައިންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ސިފައިންގެ ޤައުމީ ޚިދުމަތްތަކުގައި މަދަނީ މުޖުތަމައުގެ އެއްބާރުލުން ދެމެހެއްޓުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ. ޚާއްޞަކޮށް، ބ.ކިހާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލުމުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެމްއެންޑީއެފުން ޝުކުރުވެރިކަމާ އެކު ފާހަގަކުރެއެވެ.

​ބ. ކިހާދޫ ބަނދަރު ސަރަހައްދަށް އެއްވި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުންގެ ފަރާތުން މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ވަނީ ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބ. ކިހާދޫގައި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިޚަބަރު | ގަޑިއިރެއް ކުރިންވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފިޚަބަރު | 19 ގަޑިއިރު ކުރިންކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިޚަބަރު | 3 ދުވަސް ކުރިން2 ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިން ނަގައިފިޚަބަރު | 5 ދުވަސް ކުރިން