logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގަށް އެތެރެކުރަން އުޅުނު 1.6 މިލިއަން ސިނގިރޭޓް ސްޓިކްސް އަތުލައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޮކްޓޯބަރު 2024 - 07:19
ވަގަށް އެތެރެކުރަން އުޅުނު 1.6 މިލިއަން ސިނގިރޭޓް ސްޓިކްސް އަތުލައިގެންފި

ބޯޓެއްގައި ރާއްޖެ އެތެރެކުރި ގާތްގަނޑަކަށް 1.695 މިލިއަން ސިންގިރޭޓް ސްޓިކްސް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރަމުން އަންނަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުގައިވާ ބޯޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ ހޯކްސްގެ އެޖެންޓުކަމުގެ ދަށުން މިމަހުގެ 24ވަނަ ދުވަހު ރާއްޖެ އައި "އެމް.ޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިމަހުގެ 25ވަނަ ދުވަހުގެ ރޭ ކަމަށެވެ.

ކަސްޓަމްސް އިން ވަނީ އެ މައުލޫމާތާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކަސްޓަމްއިން ބުނީ، އެތަކެތި ރާއްޖެ އެތެރެކުރުމަށްފަހު ވަނީ ހޯކްސް ކުންފުނީގެ ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އެތަކެތި އަރުވާ، ސިނާއީ ރަށް ތިލަފުއްޓަށް ގެންގޮސްފައި ކަމަށެވެ. އެއަށްފަހު އެކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރަކަކަށް އެތަކެތި އަރުވައިގެން ތިލަފުށީގައި ހުންނަ ހޯކްސް ކުންފުނީގެ ބޯޓު ޔާޑަށް ގެންގޮސްފައިވާ ކަމަށެވެ.

ބޯޓު ޔާޑުގައި އިތުރަށް ސިނގިރޭޓު ހުރި ކަމަށް ޝައްކުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން ކަސްޓަމްސް އިން އެތަން ބަލާ ފާސްކޮށްފައިވާއިރު، ބަލާ ފާސްކުރުމުގެ ތެރެއިން މިހާތަނަށް އެތަނުގައި ހުރި އެކޮމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ފެނިފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖުލައި މަހު މުދާ އެކްސްޕޯޓް ކުރި މިންވަރު 222 ފަސެންޓް އިތުރުޚަބަރު | 20 ދުވަސް ކުރިންކަސްޓަމްސްއަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ނުލިބި އޮތްކަން އޮޑިޓް ރިޕޯޓުން ދައްކައިފިޚަބަރު | 2 މަސް ކުރިންމުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކުން ޓްރޭޑިއަންގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި ޚަބަރު | 4 މަސް ކުރިންވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 4 މަސް ކުރިން