logo
MPL

MPL

ޚަބަރު

ކަސްޓަމްސްއަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ނުލިބި އޮތްކަން އޮޑިޓް ރިޕޯޓުން ދައްކައިފި

ޝަހްޒާ މުހައްމަދު
17 ޖުލައި 2025 - 06:07
ކަސްޓަމްސް ބިލްޑިންގް
ކަސްޓަމްސް ބިލްޑިންގް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން 2022 ވަނަ އަހަރުގެ ނިޔަލަށް 477 މިލިއަން ރުފިޔާ ނުލިބިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނުލިބިވާ 398 މިލިއަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޑިޓަރ ޖެނެރަލް އޮފީހުން ހެދި 2020، 2021 އަދި 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނުލިބިވާ ފައިސާގެ ތެރެއިން 322 މިލިއަން ރުފިޔާއަކީ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާއެވެ. އަދި ޖޫރިމަނާގެ ގޮތުގައި 77 މިލިއަން ރުފިޔާ ނުލިބިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމްސްއިން ފައިސާ ހޯދުމަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ކޯޓުން ހުކުމްކުރުމަށްފަހު ހުކުމް ތަންފީޒުނުވެ 160 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުލިބި އޮތްކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ވަގުތީގޮތުން ރާއްޖެ އެތެރެކުރެވޭ މުދަލާ ގުޅިގެން 2022 ވަނަ އަހަރު އިމްޕޯޓް ޑިއުޓީ އަދި ޖޫރިމަނާގެ ގޮތުގައި 225 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުލިބިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މުދާ އެތެރެކުރާ ފަރާތްތަކާ މުޢާމަލާތްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި، ޑިއުޓީ ދައްކަންޖެހޭ ހާލަތްތައް މެދުވެރިވުމުން އެކަން ވުޒާރާތަކުން އެކަށީގެންވާ މުއްދަތުގައި އަންގަމުން ގޮސްފައިނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓަރ ޖެނެރަލް ވަނީ މިކަންކަން އިސްލާހުކުރުމަށް ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށާއި، ނުލިބިވާ ފައިސާ ހޯދުމަށް ތަންފީޒީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް ކަސްޓަމްސްއަށް ލަފާދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސްޓަމްސް ޓެރިފް ޕޭޖުން ޕްރޮޑަކްޓަކްޓް ގެ ނަން ޖަހާލުމުން ޑިއުޓީ ރޭޓާ އެއްކޮށް ފެންނާނެޚަބަރު | 21 ދުވަސް ކުރިން ވަތަނީ ޚިދުމަތުގެ ކުދިންނަށް ކުރިމަތިލެވޭގޮތަށް ކަސްޓަމްސްއިން ވަޒީފާގެ ފުރުސަތުޚަބަރު | 2 މަސް ކުރިންދިރުވާލައިގެން އެތެރެކުރަން އުޅުނު 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 3 މަސް ކުރިންގާނޫނީ ގޮތުން ބޯޑަރު ބެލެހެެއްޓުމަށް ކަސްޓަމްސް އިން ކުރަންޖެހޭ ކަންކަން ކުރާނެޚަބަރު | 3 މަސް ކުރިން