logo
Bank of Maldives

Bank of Maldives

ޚަބަރު

ގާނޫނީ ގޮތުން ބޯޑަރު ބެލެހެެއްޓުމަށް ކަސްޓަމްސް އިން ކުރަންޖެހޭ ކަންކަން ކުރާނެ

އައިޝަތު ނަޝާ
4 އޯގަސްޓު 2026 - 13:21
ގާނޫނީ ގޮތުން ބޯޑަރު ބެލެހެެއްޓުމަށް ކަސްޓަމްސް އިން ކުރަންޖެހޭ ކަންކަން ކުރާނެ

ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޔާއަތްކޮށް މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެނަމަ ޤާނޫނާ ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ބަލައި ފާސްކުރާނެ ކަމަށާއި އެކަންކަން ތަންފީޒުކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަށާއި ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަޤްސަދުގައި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން މިހެން ބުނެފައި ވަނީ، އެ އިދާރާއިން އަދާކުރާ ގާނޫނީ ޒިންމާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން އެ މުއައްސަސާގައި ވަރަށް ދުވަސްވީ އަންހެން މުވައްޒަފެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނީ، ރާއްޖެއަށް އެތެރެ ކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާ މަތިކުރެވިފައިވާ ޒިންމާއެއް ކަމަށެވެ. މިގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަށް އެ ސާރވިސްއިން ބަނދަރުތަކުގައި ޤާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ދިވެހިރާއްޖޭގެ ބޯޑަރުގައި މި ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި ޤަވާއިދާ އުސޫލުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ކުރަމުންދާ ކަމަށެވެ. ކަސްޓަމްސްގެ ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަގަނޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާނޫނީ ގޮތުން ބޯޑަރު ބެލެހެެއްޓުމަށް ކަސްޓަމްސް އިން ކުރަންޖެހޭ ކަންކަން ކުރާނެޚަބަރު | ގަޑިއިރެއް ކުރިންކަނޑުމަގުން އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި އަތުލައި ގަނެފިޚަބަރު | 11 ދުވަސް ކުރިންއައްޑޫއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 14 ދުވަސް ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން