logo
Bank of Maldives

Bank of Maldives

ޚަބަރު

ދިރުވާލައިގެން އެތެރެކުރަން އުޅުނު 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޯގަސްޓު 2026 - 18:15
ދިރުވާލައިގެން އެތެރެކުރަން އުޅުނު 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެވާން އުޅުނު މީހަކު، ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން (ދިރުވާލައިގެން) ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ކަސްޓަމްސްއިން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ 19 ޖުލައި 2026 ގައެވެ. އެއާޕޯޓުން ފާސްކުރި މި މީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި، އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަސްޓަމްސްއިން ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 66 ބުލެޓް ފެނިފައެވެ. މި ތަކެތި ތަހުލީލު ކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine) އަށް ޕޮޒިޓިވް ވެފައެވެ.

އަތުލައިގަނެވުނު މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1180 ގްރާމް ހުރި އިރު، މި ތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރުވާލައިގެން އެތެރެކުރަން އުޅުނު 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންގާނޫނީ ގޮތުން ބޯޑަރު ބެލެހެެއްޓުމަށް ކަސްޓަމްސް އިން ކުރަންޖެހޭ ކަންކަން ކުރާނެޚަބަރު | ދުވަހެއް ކުރިންކަނޑުމަގުން އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 6 ދުވަސް ކުރިންސަރުކާރުގެ އިމާރާތަކަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 8 ދުވަސް ކުރިން