logo
MPL

MPL

ޚަބަރު

ކާށިދޫއިން ޑްރަގް ނެޓްވޯކެއްކަމަށް ތުހުމަތުވާ ބަޔަކު އަތުލައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޯގަސްޓު 2026 - 14:06
ޑްރަގް މައްސަލާގައި ކާށިދޫއިން ހައްޔަރުކުރި މީހުން، ފޮޓޯ؛ ޕޮލިސް
ޑްރަގް މައްސަލާގައި ކާށިދޫއިން ހައްޔަރުކުރި މީހުން، ފޮޓޯ؛ ޕޮލިސް

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކ. ކާށިދޫން ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި އަދި ކ. އަތޮޅު ފުލުހުން ގުޅިގެން އިއްޔެގެ ވަގުތެއްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަންގައި ކާށިދޫގެ 10 ގެއެއް ބަލައި ފާސްކޮށްފައިވާއިރު، ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. އޭގެތެރެއިން ހަތަރު މީހަކު ފަހުން ވަނީ ދޫކޮށްލާފައެވެ. އަދި ބާކީ ތިބި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނި ގޮތުގައި މިއޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 32.55 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ މީހުންނަކީ:

  • ކ. ކާށިދޫ، ރިހިތަރި، މުޙައްމަދު އަޙުދު (30އ) - 10 ދުވަހުގެ ބަންދު
  • ގދ. ރަތަފަންދޫ، ދިލްޝާދުގެ، ޣާނިމް މުފީދު (26އ) - 10 ދުވަހުގެ ބަންދު
  • ކ. ކާށިދޫ، ރެޑިއަމްގެ، ޢަބްދުލްޢަލީމް މުޙައްމަދު (37އ) - 15 ދުވަހުގެ ބަންދު
  • ގ. މާލެހިޔާ 2 02-13، މަދީޙް ރަޝީދު (29އ) - 15 ދުވަހުގެ ބަންދު
  • ކ. ކާށިދޫ، ޝަބްނަމްގެ، ނަޒާން މުޙައްމަދު ޝާކިރު (22އ) - 15 ދުވަހުގެ ބަންދު

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮށި އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެޚަބަރު | ދުވަހެއް ކުރިންކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފިޚަބަރު | ދުވަހެއް ކުރިންމާލޭގެ އެޕާޓްމަންޓަކަށް ވަދެ ވަޅިން ބިރުދައްކައި ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންމަގުމަތީގެ ބިރުވެރިކަން ނައްތާލަން ފުލުހުން ފެށި މަސައްކަތް: ނުރައްކާތެރިކޮށް ދުއްވި އިތުރު 4 މީހަކު ހާޒިރުކޮށްފިޚަބަރު | 2 ދުވަސް ކުރިން