logo
MPL

MPL

ޚަބަރު

ވަތަނީ ޚިދުމަތުގެ ކުދިންނަށް ކުރިމަތިލެވޭގޮތަށް ކަސްޓަމްސްއިން ވަޒީފާގެ ފުރުސަތު

އައިޝަތު ނަޝާ
18 އޯގަސްޓު 2026 - 11:39
 ވަތަނީ ޚިދުމަތުގެ ކުދިންނަށް ކުރިމަތިލެވޭގޮތަށް ކަސްޓަމްސްއިން ވަޒީފާގެ ފުރުސަތު

ދިވެހި ވަތަނީ ޚިދުމަތް ފުރިހަމަކޮށްފައިވާ ކުދިންނަށްވެސް ކުރިމަތިލެވޭ ގޮތަށް ކަސްޓަމްސްއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

ޒުވާނުންނަށް އިސްކަންދޭ ގޮތަށް ވަޒީފާއަށް މީހުން ނަގަން ކަސްޓަމްސްއިން ކުރި އިއުލާނެއްގައިވަނީ، އެ އިދާރާއިން ޤާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސަރ ޓްރެއިނީ ބޭނުންވާ ކަމަށެވެ. ވަޒީފާގެ ފުރުސަތު ދީފައިވަނީ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ އުމުރު ބަލަނީ، މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ވަޒީފާތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ އެފަދަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ޤައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ހިމަނާފައިވެއެވެ. ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުންވެސް ހިމަނާފައިވެއެވެ.

އެ މަޤާމުގެ މުސާރައަކީ، 5،000ރ.އެވެ. އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި 4،660 ރުފިޔާއާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިތުރުން ކޮއްތު ފައިސާއާއި އިތުރު ގަޑީގެ ފައިސާއާއި ބަންދު ގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11،000ރ. އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަތަނީ ޚިދުމަތުގެ ކުދިންނަށް ކުރިމަތިލެވޭގޮތަށް ކަސްޓަމްސްއިން ވަޒީފާގެ ފުރުސަތުޚަބަރު | ގަޑިއިރެއް ކުރިންދިރުވާލައިގެން އެތެރެކުރަން އުޅުނު 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 13 ދުވަސް ކުރިންގާނޫނީ ގޮތުން ބޯޑަރު ބެލެހެެއްޓުމަށް ކަސްޓަމްސް އިން ކުރަންޖެހޭ ކަންކަން ކުރާނެޚަބަރު | 14 ދުވަސް ކުރިންކަނޑުމަގުން އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި އަތުލައި ގަނެފިޚަބަރު | 25 ދުވަސް ކުރިން