logo
Bank of Maldives

Bank of Maldives

ޚަބަރު

މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކުން ޓްރޭޑިއަންގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
29 މޭ 2025 - 09:27
މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކުން ޓްރޭޑިއަންގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ސަމާލުވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެދިއްޖެއެވެ.

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކުރާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް އޮގަސްޓް މަހުގެ ތެރޭގައި އިފްތިތާޙުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް ސިންގަލް ވިންޑޯ" ޓްރޭޑިއަން" ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީ ކުރުމާއި ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުން، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން ( އީ.ޓީ. އޭ / އީ.ޓީ.ޑީ ) ، ސީ ކާގޯ މެނިފެސްޓް ހުށަހެޅޭނީ ނޭޝަނަލް ސިންގަލް ވިންޑޯ " ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްއަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަޤުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

މި ޕްލެޓްފޯމްގެ ސަބަބުން ވިޔަފާރި ކުރުމުގައި ހުށަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހައިން ހުށައެޅުމާއި ދެފުށްފެންނަ އުސޫލަކުން މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ. އަދި މިއީ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތައް ގުޅުވާލަދޭނެ ޕްލެޓްފޯމަކަށްވެސް ވެގެންދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ކޮންޓެއިނަރު ތިލަފުށީގައި ނައްތާލައި ބާދަގަނޑަށް ކިރާލީ! ހައްޔަރުކުރީ އެކަމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާޚަބަރު | 2 މަސް ކުރިންރިޔާޒުގެ މަގާމު އިޔާދަކޮށްދޭން 241 ކޮމިޓީން ލަފާދީފި ޚަބަރު | 2 މަސް ކުރިންސިނގިރޭޓް ވައްކަން:ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިޚަބަރު | 2 މަސް ކުރިންވަގަށް އެތެރެކުރި ސިނގިރޭޓު ގެއްލުނު މައްސަލަ ތަހުގީގުކުރަން ފަށައިފިޚަބަރު | 3 މަސް ކުރިން