logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގަށް ނެގި ސިނގިރޭޓް ދެ ކޮންޓެއިނަރު ތިލަފުށީގައި ނައްތާލައި ބާދަގަނޑަށް ކިރާލީ! ހައްޔަރުކުރީ އެކަމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ނޮވެމްބަރު 2025 - 17:31
ދެ ކޮންޓެއިނަރު ތިލަފުށީގައި ނައްތާލައި ބާދަގަނޑަށް ކިރާލީ! ހައްޔަރުކުރީ އެކަމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާ

އޭޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި މިދޔަ ބުދަ ދުވަހު ހައްޔަރުކުރި ބިދޭސީ މީހާ އަކީ ކޮންޓެއިނަރުތައް ނައްތާލުމުގައި އިސްކޮށް އުޅުނު މީހާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 09 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ޝާމިލްވާ އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނީ މިއަދު އެވެ.  މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަން ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ މުޙައްމަދު އަލަމިން މިއާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ''އަލަމިން މިއާ'' އަކީ ކޮންޓެއިނަރުތައް ނައްތާލުމުގެ ޓާސްކާ ހަވާލުވި އިސް މީހާއެވެ. އެ ކޮންޓެއިނަރުތަކުގެ ބައެއް ބައިތައް ތަޙްޤީޤްގެ ތެރެއިން ފުުލުހުން ތިލަފުށިން ހޯދާފައިވާއިރު، ''އަލަމިން މިއާ'' އިސްވެ ހުރެ ކޮންޓެއިނަރުގައި ހުރި ދަގަނޑުތައް ވަނީ ''ބާ ދަގަނޑަށް ކިރާލާފައި'' ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންދާއިރު، ދެ މީހަކު ކުށަށް އިއުތިރާފްވެފައިވާކަމަށް މެންދުރު ޓީވީއަށް މައުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ކުށަށް އިއުތިރާފް ވެފައި ވަނީ އެމްޕީއެލްގެ ދެ މުވައްޒަފެކެވެ. ނަމަވެސް، މިކަމާ ގުޅޭ ރަސްމީ މަސްދަރަކުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާންދިން ގުރޫޕުގެ ނަމުގައި އެތެރެކުރި ވަގު ސިނގިރޭޓްތަކުގެ މައްސަލައާ ގުޅިގެން މިހާރު ތަހުގީގު ކުރިއަށްދާއިރު، އެމްޕީއެލްގެ ޖުމްލަ ހަ މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމަރުންނާ މެދު ސަމާލުވޭ: ޑިސެމްބަރުމަހު އެކަނިވެސް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެއްޖެ!ޚަބަރު | 2 ދުވަސް ކުރިންއައްޑޫ ސިޓީ ފޭދޫން އަންހެނަކު ގެއްލިގެން ހޯދަނީޚަބަރު | 3 ދުވަސް ކުރިންއުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 ދުވަސް ކުރިންކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިން