logo
MPL

MPL

ޚަބަރު

ރިޔާޒުގެ މަގާމު އިޔާދަކޮށްދޭން 241 ކޮމިޓީން ލަފާދީފި

ޢައްފާން މުޙައްމަދު
8 ނޮވެމްބަރު 2025 - 18:23
ރިޔާޒުގެ މަގާމު އިޔާދަކޮށްދޭން 241 ކޮމިޓީން ލަފާދީފި

ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަކޮށްދޭން، އޭނާ އެ މަގާމުން ވަކިކުރަން ލަފާދިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން، މަހްމޫދު ރިޔާޒު ވަކިކޮށްފައިވަނީ ހުސްވި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެެވެ. އޭނާ މަޤާމުން ވަކިކުރެއްވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާއި ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓުންތަކެއް ބޮންޑެޑްވެއާރ ހައުސްއިން ގަވާއިދާއި ހިލާފަށް ބޭރުކުރި މައްސަލައަކާއި ގުޅިގެނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޓީގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރިޔާޒު މަގާމުން ވަކިކުރަން ރައީސް ނިންމެވި ފަހުން ކޮމިޓީއަށް ލިބުނު އިތުރު މައުލޫމާތުތަކާ ގުޅިގެން ކޮމިޓީން ދިރާސާކުރުމަށްފަހު، ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތްކަން ފާހަގަވި ކަމަށެވެ.

އެހެންކަމުން ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްދޭން ރައީސަށް ލަފާ އެރުވުމަށް ކޮމިޓީގެ އިއްތިފާގުން ނިންމައި، ރައީސަށް ލަފާ އަރުވާފައިވާ ކަމަށް، ބަޔާނުގައި ބުނެފައިވެއެވެ.

241 ކޮމިޓީން ދިރާސާކުރި މައްސަލައަށްފަހު މަހްމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | 3 ދުވަސް ކުރިންއޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | 3 ދުވަސް ކުރިންޑިޕްލޮމެޓުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އިމްތިޔާޒުތައް ހަރުދަނާކުރަން މަޖިލީހަށް ބިލެއްޚަބަރު | 4 ދުވަސް ކުރިން