logo
MPL

MPL

ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 30 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އައިޝަތު ނަޝާއައިޝަތު ނަޝާ
14 ފެބްރުއަރީ 2026 - 13:51
 ރާއްޖެ އެތެރެކުރަން އުޅުނު 30 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، 30އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި މާލޭގެ ވިޔަފާރި ބަނދަރުން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ކަނޑުމަގުން އައި މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ފައްސި ކަމަށް، ކަސްޓަމްސްއިން މައުލޫމާތުދެއެވެ. ބަރުދަނުގައި 36.4 ކިލޯގުރާމު ހުރި މި ތަކެތީގެ މަގުމަތީގެ އަގު 29 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އާންމުގޮތެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ވައިގެ މަގުންނެވެ. އެފަދައިން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ކަސްޓަމްސްއިން އެތައް ފަހަރަކު ހިފަހައްޓާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދާ ސާމާނާއެކު ރަސްދޫން 9 މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ދުވަސް ކުރިންރާއްޖެއަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ގައުމެއްކަން މިހާރު އެނގޭނެ: އިހްސާންޚަބަރު | 25 ދުވަސް ކުރިން48 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެއްވަދޫއިން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންޅ. އަތޮޅުގެ ދެ ރަށަކުން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން