48 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެއްވަދޫއިން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފި
26 ސެޕްޓެމްބަރު 2026 - 09:47

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދެއްވަދޫއިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، އަސަރީގެ، މުޙައްމަދު ސާއިފް ޢަލީ (26އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ދެއްވަދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އެގޮތުން ދެއްވަދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާގެ ހަށިގަނޑާއި އެ ވަގުތު އޭނާ ހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފޮއިލްކޮޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދަޅެއް ވަނީ ފެނިފައެވެ. ފުލުހުން ހާމަކުރި ގޮތުގައި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 48 ގުރާމު ހުއްޓެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


