logo
MPL

MPL

ޚަބަރު

ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު އަތުލައިގެންފި

އަޙުމަދު ރަމީޒު
18 ނޮވެމްބަރު 2026 - 06:15
ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން އެ މީހާ އަތުލައިގަތީ މިމަހުގެ 8 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެލޭޝިއާ އިން ރާއްޖެ އައުމާއެކު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި އެމީހާ ރާއްޖެ ގެނައި ލަގެޖު ބަލައި ފާސްކުރިއިރު 3.2 ކިލޯގެ ހެރޮއިން ވަނީ ފެނިފަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސް އާއި ކަމާ ގުޅޭ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އަތުލައިގަނެވޭ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު އަތުލައިގެންފިޚަބަރު | ގަޑިއިރެއް ކުރިންދިރުވާލައިގެން ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ދުވަސް ކުރިންއެއްކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގެންފިޚަބަރު | 10 ދުވަސް ކުރިންކަސްޓަމްސްގެ މާލީ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަނީޚަބަރު | 18 ދުވަސް ކުރިން