އެއްކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގެންފި
8 ނޮވެމްބަރު 2026 - 05:02

ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަތީ މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހު ކޫރިއަށް މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ޕެކޭޖު ބެލީ އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށްވެސް ކަސްޓަމްސް މައުލޫމާތު ދީފައިވެ އެވެ.
ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެން ޕެކޭޖުން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ސިންތެޓިކް ކެތިނޯން ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 1030 ގުރާމު ހުރި ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިދިޔަ ހުކުރު ދުވަހުވެސް އަތުލައިގެންފައިވެ އެވެ.
ޕޯސްޓް އަދި ކޫރިއާ މެދުވެރިކޮށް އެތެރެކުރަން އުޅެނިކޮށް އެ ދުވަހުވެސް އަތުލައިގަތީ ޕާޓީ ޑްރަގްސްއެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އެވެ. އެތަކެތީގެ ބަރުދަނުގައި 2123 ގުރާމު ހުރި ކަމަށްވެސް ކަސްޓަމްސް މައުލޫމާތު ދީފައިވެ އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
