logo
MPL

MPL

ޚަބަރު

މާލެއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

އަޙުމަދު ރަމީޒު
2 ނޮވެމްބަރު 2026 - 11:11
މާލެއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށްޓަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ ތިމަރަފުށި، އަލީއާބާދު، އަހްމަދު މުހައްމަދު (38އ) އާއި، މާލޭގެއާގެ، އަޒުހަދު އަލީމަނިކު (41އ) އަދި ވިލާ، އާމިނަތު ނިސާ (41އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއެއް ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނުނު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

 މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

 ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިން ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ފުލުހުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީޚަބަރު | 2 މަސް ކުރިންދުއްވި ސައިކަލް ކޮންޓްރޯލްނުވެ ގޮސް ޖެހުނީ ލައިޓަށް މަޑުކޮށްފައި އޮތް ޕިކަޕެއްގައިޚަބަރު | އަހަރެއް ކުރިންބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ފަރުވާ ދެނީޚަބަރު | އަހަރެއް ކުރިން