logo
MPL

MPL

ޚަބަރު

ދުއްވި ސައިކަލް ކޮންޓްރޯލްނުވެ ގޮސް ޖެހުނީ ލައިޓަށް މަޑުކޮށްފައި އޮތް ޕިކަޕެއްގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޮކްޓޯބަރު 2025 - 16:22
g
g

ސިނަމާލެ ބްރިޖު ހައިވޭ މަތިން މިރޭ ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ދުއްވަން އިން މީހަކަށް އަނިޔާވެ، އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ (31 އޮކްޓޯބަރު 2025) 18:48 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ސައިކަލެއް، ބްރިޖް ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ. ސައިކަލު ދުއްވި މީހާއަށް އޭނާ ދުއްވި އުޅަނދު ކޮންޓްރޯލް ނުކުރެވިގެން މިގޮތަށް ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އަނިޔާވި މީހާއަކީ 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާގެ ބޯ ފަޅައިގެންގޮސް އަތަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނިއްކާވެސް އިތުރުވެއްޖެޚަބަރު | 2 ދުވަސް ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަނީ ޚަބަރު | 3 ދުވަސް ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 4 ދުވަސް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 5 ދުވަސް ކުރިން