ދިރުވާލައިގެން ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފި
އަޙުމަދު ރަމީޒު
12 ނޮވެމްބަރު 2026 - 14:51

ދިރުވާލައިގެން މަސްތުވާތަކެތީގެ އެތެރެކުރަން އުޅުނު ފަސިންޖަރަކު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން އެ މީހާ އަތުލައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
.png&w=750&q=75)
Ad by Hajj Corporation
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި އެމީހާގެ ހަށިގަނޑު ފެނިފައިވަނީ 117.6 ގްރާމުގެ ކޮކެއިންނާއި 167.30 ގްރާމުގެ ސިންތެޓިކް ކެތިނޯން އެވެ.
މިތަކެތީގެ ބަރުދަނުގައި 284.9 ގްރާމު ހުރި އެތަކެތީ ހުރީ 29 ބްލެޓްގައި ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި އަތުލައިގަތީ ތައިލެންޑުން ރާއްޖެ އައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ ހަށިގަނޑު ބަލާ ފާސްކުރީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުރެވިގެން ކަމަށެވެ.

-01.jpg&w=3840&q=75)
