logo
E-Platinum
ޚަބަރު

ޖަލުން ކުރާ ސްކޭމް ކޯލުތައް މަދުވެއްޖެ، އެ ކޯލްތައް އެއްކޮށް ހުއްޓުވުމުގެ މަސައްކަތް ދަނީ ކުރަމުން: އިހްސާން

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޮކްޓޯބަރު 2024 - 08:10
ޖަލުން ކުރާ ސްކޭމް ކޯލުތައް މަދުވެއްޖެ، އެ ކޯލްތައް އެއްކޮށް ހުއްޓުވުމުގެ މަސައްކަތް ދަނީ ކުރަމުން: އިހްސާން

ޖަލުން ކުރާ ސްކޭމް ކޯލުތައް މަދުވެއްޖެ ކަމަށާއި، އެ ކޯލްތައް އެއްކޮށް ހުއްޓުވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޖަލުން ކުރާ ސްކޭމް ކޯލުތައް އެއްކޮށް ހުއްޓުވުމަށްޓަކައި ޖިއޯ ފެންސިން ހަދައި ޖަލުގައި ފޯނު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކޯލްތައް މިހާރު މަދުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ސްކޭމް ކޯލްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ފުލުހުންގެ ހިދުމަތުގައި ސްކޭމް ސެންޓަރެއް ގާއިމްކޮށް، ސްކޭމް ކޯލްތަކުން ގެއްލޭ ފައިސާ ހޯދާ ސްޕީޑު ވެސް ވަނީ އަވަސްކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އިތުރު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ ފުލުހުންނާއި ކަސްޓަމްސް އިން އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ހިފަހައްޓާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށާއި ބޭނުންވެއްޖެނަމަ އެ ފައިސާ އޮޑިޓްކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިލާތިބެގެން މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެ: ވަޒީރު އިހުސާން ޚަބަރު | 3 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 3 މަސް ކުރިންވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފިޚަބަރު | 3 މަސް ކުރިންމި ދައުރު ތެރޭގައި ޑީއެންއާރްގެ ޑާޓާބޭސް ކޮމްޕްރޮމައިޒްވެފައެއް ނޯނާނެ: އިޙްސާންޚަބަރު | 3 މަސް ކުރިން