logo
ޚަބަރު

މޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާން

މުހައްމަދު މޫސާމުހައްމަދު މޫސާ
10 މޭ 2025 - 09:58
މޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާން

ރާއްޖެއަށް ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ރޭ އިފްތިތާހުކުރެވުނު "މޯލްޑިވްސް 2.0" ގެ ބޭނުމަކީ ރާއްޖޭގައި އީވޯޓިންގެ ނިޒާމެއް ތަޢާރަފުކުރުން ނޫންކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ގިނަ ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަހުގެ ޓެކްނޮލޮޖީއާ އެއްހަމަވާ ގޮތަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މުޅި ރާއްޖޭގެ ޢާންމު ޚިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މޯލްޑިވްސް 2.0" މަޝްރޫޢު ފެށިފައިވަނީ ޑިޖިޓަލް ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމު ކަމަށްވާ އެސްޓޯނިއާގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް، އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދަނީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އީވޯޓަކުން އޮޅުވާލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، "އެސްޓޯނިއާގައިވެސް އަދި އިއްޔެގެ ޖަލްސާގައިވެސް ރައީސް ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކައަކީ އީވޯޓިންގ ފިޔަވައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދޭންވާނެ ކަމަށެވެ."

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި، ޚަރަދު ކުޑަކުރުމާއި، ޚިދުމަތްތައް އަވަސްކުރުމާއި، އަދި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން ހިމެނޭ ކަމަށެވެ.

"ބައެއް ކަންކަމަކީ ޤައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަމެވެ. މިއީ އެފަދަ ކަމެކެވެ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

 

 

"މޯލްޑިވްސް 2.0" އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެއެވެ. އަދި ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެކަމަށާއި، ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރަންނިންމާފައިވާއިރު، މި މަޝްރޫޢުއަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫންކަމަށާއި މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޯށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެއްކަމަށް ސަރުކާރުން ވަނީ މައުލޫމާތު ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް މަސައްކަތްޕުޅުތަކެއް ކުރައްވާ: ވަޒީރު އިޙުސާންޚަބަރު | 5 ދުވަސް ކުރިންހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު މަޝްރޫޢަށް 4 ފަރާތެއްގެ ޝަޢުގުވެރިކަންޚަބަރު | 2 މަސް ކުރިން"އީފާސް އަކީ ރައްޔިތުންނަށް ޑިޖިޓަލް ހިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް ހަދާނަން"ޚަބަރު | 3 މަސް ކުރިންބިދޭސީން ރެކްރޫޓްކުރާ އެޖެންސީތައް ރަޖިސްޓަރީކުރާކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރުޚަބަރު | 3 މަސް ކުރިން