logo
Bank of Maldives

Bank of Maldives

ޚަބަރު

ޑީއެންއާރްގެ ބޭނުން މިސަރުކާރުން ނަމަހަގޮޮތުގައި ބޭނުންކޮށްފައި ނުވާނެ- އިހުސާން

ހުސައިން ވަސީމް
23 އޭޕްރީލު 2025 - 12:00
މި ދައުރު ތެރޭގައި ޑީއެންއާރްގެ ޑާޓާބޭސް ކޮމްޕްރޮމައިޒްވެފައެއް ނޯނާނެ: އިޙްސާން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާ ބޭސް މި ސަރުކާރުން ނަމަހަ ގޮތުގައި ބޭނުންކޮށްފައިނުވާނެ ކަމަށް ސައްޚަ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީން ) ކުރިއަށް ގެންދިޔަ "މެންބަޝިޕް ޑްރައިވް"ގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ޑީއެންއާރު ޑޭޓާ ބޭސްގެ ބެނުން ކޮށްފައިވާ ކަމަށް އިދިކޮޅު ފަރަތްތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެކަންތައް ދާހިލީ ވަޒީރު ވަނީ ދޮގު ކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ ޑީއެންއާރުޑޭޓާ ބޭސްގެ ސައްހަ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ވަޒީރު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ޑީއެންއާރު ޑޭޓާ ބޭސްގެ ބޭނުން އެހެން ސިޔާސީ ޕާޓީ ތަކުން މީގެކުރިން ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން އިނގޭކަމަށެވެ.އާންމުންގެ ޒާތީ މައުލޫމާތު ސިޔާސީ ޕާޓީތަކުގެ ބޭނުމަށް މީގެ ކުރިން ބޭނުން ކޮށްފައިވާކަން އިނގޭ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން އެފަދަ ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

ވަޒީރު ވިދާޅުވީ ޑީއެންއާރު ޑޭޓާ ބޭސް މިހާރު ކުރިއަށްވުރެ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. މިހާރު ޑީއެންއާރަށް ކޮންމެ މީހަކު ލޮގިންވިޔަސް އެއީ ކާކު ކަމާ ލޮގިންވީ ކޮންތާކުންކަން ވަގުތުން އިނގޭނެ ކަމަށެވެ. އަދި އޭގެން ކުރަނީ ކޮންބޭނުމެއްކަންވެސް އިނގޭޏެ ކަމަށް ވަޒީރު ވިދާޅުވި އެވެ.ކުރިއަށްވުރެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަަމށް ވަޒީރު ވިދާޅުވި އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީޚަބަރު | 4 ދުވަސް ކުރިންރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 14 ދުވަސް ކުރިންމަތީ ތައުލީމުގެ އިތުބާރު ހިފެހެއްޓުމަށް، މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިޚަބަރު | 14 ދުވަސް ކުރިންމަޖިލިސް ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފިޚަބަރު | 20 ދުވަސް ކުރިން