logo
Bank of Maldives

Bank of Maldives

ޚަބަރު

މަތީ ތައުލީމުގެ އިތުބާރު ހިފެހެއްޓުމަށް، މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

އައިޝަތު ނަޝާ
19 ޖެނުއަރީ 2026 - 07:47
މަތީ ތައުލީމުގެ އިތުބާރު ހިފެހެއްޓުމަށް، މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ޑިޕްލޮމާއާއި ޑިގްރީ ފަދަ އެކި ސަނަދުތަކުގެ ކޯސްތަކުގައި ބައެއް ދަރިވަރުން އެހެން މީހުންގެ ފިކުރީ މަސައްކަތްތައް ނަކަލުކޮށް، އެކި މީހުން ލައްވާ މަސައްކަތްކުރުވުމާއި، ޖެނެރޭޓިވް އޭއައި ބޭނުންކުރުން ފަދަ ކަންކަން ހުއްޓުވައި، ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި އިތުބާރު ހިފެހެއްޓުމަށް ކުރަން ފެންނަ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑޫ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ، ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެ، އެކަމުގެ ސަބަބުން އޮންލައިންކޮށް ކިޔެވުން، ނުވަތަ އޮންލައިން އަދި ސީދާ ތަނަށް ހާޒިރުވެގެން ކިޔެވުމުގެ ދާއިރާއިން ކުރިއެެރުންތައް ހޯދަމުން އަންނަ ކަމަށެވެ.

އެހެންކަމުން، އެކި ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވެފައިވާކަން ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ތައުލީމީ ފެންވަރާއި ނަޒާހާތްތެރިކަމާ ގުޅޭ އެކި މައްސަލަތައް ފެންމަތިވަމުން އަންނަކަން ފާހަގަކުރައްވައި، ކުޑޫގެ ސިޓީގައި ވަނީ އޮންލައިންކޮށް ބާއްވާ އިމްތިހާނުތަކުގެ ނަޒާހާތްތެރިކަމާ ގުޅޭ ޝަކުވާތައް ލިބެމުން އަންނަކަން ފާހަގަކޮށްފައެވެ.

އެ ސިޓީއާއެކު ކުޑޫ ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތުން، ބައެއް ކޯސްތަކުގައި އެހެން މީހުންގެ މަސައްކަތްތައް ކޮޕީކުރުމާއި، އުޖޫރަ ދީގެން މީހުން ލައްވާ މަސައްކަތްކުރުވުމާއި، ހުއްދަނޫން ގޮތެއްގައި އޭއައިގެ އެހީތެރިކަން ހޯދުން ފަދަ ކަންކަން ދެނެގަނެވޭނެ އެއް ގޮތެއް ވެސް ނެތެވެ. އެހެންވެ، އެ ގޮތްގޮތަށް ފާސްވުމުގެ ފުރުސަތު ދަރިވަރުންނަށް އޮންނައިރު، އެ ބެލޭނެ މިންގަނޑެއް ނެތްކަމަށް، އެ ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.

އެފަދަ ކަންކަމުގެ ސަބަބުން، ބުރަ މަސައްކަތުން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ސަނަދުގެ އަގުވެއްޓި، ވަޒީފާ ދޭ ފަރާތްތަކަށް އެ ސަނަދުތަކަށް އިތުބާރުކުރަން ދަތިވާނެ ކަމަށާއި، މިއީ ރާއްޖޭގެ މަތީ ތައުލީމަށް ލިބޭ ބޮޑު ގެއްލުމެއްކަން ކުޑޫގެ ކަރުދާހުގައިވެއެވެ.

މީގެ އިތުރުން، މިފަދަ ޝަކުވާތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކަށީގެންވާ ވަގުތުގައި ޖަވާބުދާރީ ނުވާކަމަށާއި، ކޯސްތަކުގެ ފެންވަރު ބެލުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަންވެސް މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 22 ދުވަސް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން