logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

ޒިދާން މުޙައްމަދު
8 މާރިޗު 2026 - 14:46
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ފޮޓޯ: މަޖިލިސް

ދަރިފުޅަށް ދެ އަހަރު ވަންދެން ޑިއުޓީ ވަގުތުން ހުސް ވަގުތު ދެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއީ ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހު ގެނައުމުގެ ކުރިން ގާނޫނުގައި އޮތް ގޮތުން މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިއުމަށް 30 މިނެޓްގެ ހުސްވަގުތު ކޮޅެއް ދުވާލަކު ދެ ފަހަރު ލިބެނީ ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެންނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިތުރު އިސްލާހުތަކުގެ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގެ ބަހައްޓާ މުވައްޒަފަކު ވަކިކުރާނަމަ ދެ ހަފުތާއެއްގެ ނޯޓިސް ދޭ ގޮތަށް ކަނޑަ އެޅުން ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުން ވަޒީރުންނަށް ރުހުން ދީފިޚަބަރު | ދުވަހެއް ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެވޭ ތާރީހަށް ބަދަލު ގެނެސްފިޚަބަރު | 3 ދުވަސް ކުރިން''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 15 ދުވަސް ކުރިން