logo
Bank of Maldives

Bank of Maldives

ޚަބަރު

ގިރާވަރު ފަޅުގެ ބިން ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނަން: މުއްތަލިބު

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2026 - 09:53
މުއްތަލިބު، ފޮޓޯ: މަޖިލިސް
މުއްތަލިބު، ފޮޓޯ: މަޖިލިސް

ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފައްޓަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ގަލޮޅު އުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގިރާވަރު ފަޅުގެ ލޭންޑްޔޫޒް ޕްލޭން ހަދައި އާއްމުކޮށް، ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގައި މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ ގޯތިތައް ރަޖިސްޓްރީކޮށް ނުދީ އޮތީ ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. ބިން ހިއްކައި ނިމުމާއެކު ގޯތިތަކުގެ ރަޖިސްޓްރީ ހެދުމުގެ އިދާރީ މަސައްކަތްތައް ފަށައި، އޭގެ ވެރިފަރާތްތަކާ ގޯތިތައް ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

"ބިން ހިއްކާ ނިމުނީމާ އެ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މުއްތަލިބު ވިދާޅުވި އެވެ

ގިރާވަރު ފަޅުން ދޫކުރަން ކުރިން ނިންމި ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ޖެހުނު ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ބަދަލު ގެނައީ ގިރާވަރު ފަޅުން އެ އަދަދަށް ބިން ލިބެން ނެތުމުގެ ސަބަބުން ކަމަށެވެ. މި ބަދަލާއެކު ގިނަ ބަޔަކު މިހާރު ވަނީ އާ އެގްރީމެންޓްތަކުގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ފޭސް 3 އިން މިހާތަނަށް 100 އަށް ވުރެ ގިނަ ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ގުޅިފަޅުން މިހާތަނަށް 169 ގޯއްޗެއް ހަވާލުކޮށްފައިވާ ކަމަށްވެސް ވަޒީރު މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރުކޮށްފިޚަބަރު | 2 ދުވަސް ކުރިންކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނު!ޚަބަރު | 3 ދުވަސް ކުރިންލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިން