logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަން 30 ދުވަސް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ފެބްރުއަރީ 2026 - 04:24
ޖިންސީ ގޯނާގެ މައްސަލާގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް
ޖިންސީ ގޯނާގެ މައްސަލާގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މާލޭގެ ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙު (27އ) އެވެ. އޭނާއަކީ ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ޚިދުމަތްދޭ "ބްރައިޓް މައިންޑްސް" އެޑިއުކޭޝަންގެ ވެރިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އަފްލަޙު ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު، އިންޑިއާގެ މުމްބާއީން ފްލައިޓެއްގައި އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ޢަލީ އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ، އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު، އެކި ދުވަސްމަތިން ތަކުރާރުކޮށް ޖިންސީ ގޯނާކޮށް، ކުއްޖާ "ގްރޫމް" ކުރި ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ކުއްޖާ މިހާރު ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ.

މި މައްސަލައިގެ ތުހުމަތުތައް ފެންމަތިވުމާއެކު، ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަފްލަޙުގެ ބޭބެއާއި ބޭބެގެ އަނބިމީހާގެ ނަމަށް ބަދަލުކޮށްފައިވާކަން ވެސް ވަނީ އެނގިފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުންދު އާއި ސަލްމާ މަގާމުން ވަކިކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމަޖިލީސް މެންބަރުންގެ ރީ-ކޯލް ވޯޓެއް ތައާރަފުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށް: ރައީސްޚަބަރު | 7 ދުވަސް ކުރިންދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | މަހެއް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | މަހެއް ކުރިން