މުންދު އާއި ސަލްމާ މަގާމުން ވަކިކޮށްފި
6 އޭޕްރީލު 2026 - 14:10

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފިއެވެ.
މުހައްމަދު ހުސައިން ޝަރީފު (މުންދު) އަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އެކަމަނާގެ ކޮއްކޮއެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ. ރައީސް އޮފީހުގައި އެމްބެސެޑަރުންގެ މައުލޫމާތު ޝާއިއުކޮށްފައިވާ ޕޭޖުން އެ ބޭފުޅުންގެ ނަން މިހާރު ވަނީ އުުނިކޮށްފައެވެ.
މުންދު އާއި ސަލްމާ މަގާމުން ވަކިކޮށްފައި މިވަނީ ވެރިކަން ހިންގާ ޕާޓީ ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ކަމަށް ބެލެވޭ މީހަކު، އެހެން މީހަކާ ވާހަކަދައްކަވާ އޯޑިއޯއެއް ލީކުކޮށްލާފައި ވަނިކޮށެވެ.

Ad by Hajj Corporation
މުންދު އާއި ސަލްމާއަށް މި ސަރުކާރުގެ އިސް ދެ މަގާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުރީކޮޅުގައެވެ.
މުންދު އާއި ސަލްމާގެ އިތުރުން އަސްމާގެ އެހެން ބޭފުޅެއް ކަމަށްވާ އައިމިނަތު ހުސައިން ޝަރީފް ވެސް ހުންނެވީ މި ސަރުކާރުގެ އިސް މަގާމެއްގައެވެ.

.jpg&w=3840&q=75)
