logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ފެބްރުއަރީ 2026 - 10:07
ކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީއަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަހުސްގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން މިފަދަ މުހިއްމު އިސްލާހްތަކަށް ތާއީދުކޮށް، ވޯޓުދީ، އެކަންކަން ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރުތަކުގައި ދީނީ ކަންކަމަށް އިހުމާލުވެފައިވާ މިންވަރު އޭނާ ފާހަގަކުރެއްވިއެވެ.

"ހިތާމައަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅަން ފަށާފައި ހުރި މިސްކިތްތަކަށް އެމްޑީޕީން އެހެރީ ފައިސާ ނަގާފައި އެކަންކަން ހުއްޓާލާފައި. އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ، ތަޅުލިއްޔާ ތަޅުލާފައި ހުންނާނީ،" ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުން، 2013 ވަނަ އަހަރާ ހަމައަށް އެމްޑީޕީން ވެރިކަން ކުރިއިރު، ރިޔާސީ ގަނޑުވަރު މުލިއާގޭގައި ހުރި މިސްކިތަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ފަލާހް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މިސްކިތް އޭރު ހުރީ ގުދަނަކަށް ހަދައި، ދަޅުފުޅިއާއި ސިނގިރޭޓް ކާޓަން ފަދަ ތަކެތި އެތަނަށް ވައްދާފައެވެ. އެހެންކަމުން، އެމްޑީޕީއަކީ ހަގީގަތުގައި މިސްކިތްތަކާ ދުރު ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އެމްޑީޕީގެ ތެރޭގައި ހެޔޮލަފާ މީހުން ތިބި ނަމަވެސް، ޖުމްލަގޮތެއްގައި އެއީ "ނުލަފާ" ބައެއްގެ ގޮތުގައި ފަލާހް ސިފަކުރެއްވިއެވެ. އަދި މިހާރު ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅަމުންދާ ކަމަށާއި، ހާއްސަކޮށް މިސްކިތްތައް ބިނާކުރުމަށް ބިން ދޫނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ އެމްޑީޕީ ރާއްޖޭގެ ސިޔާސީ މައިދާނުން ފުހެލުމަށް ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެންކަމުން، ހުރިހާ ރައްޔިތުން ވެސް އެމްޑީޕީއަށް "ނޯ" ޖަހަންޖެހޭ ކަމަށް އޭނާ ގޮވައިލެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންއިލެކްޝަންސްގެ މެމްބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިންދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންކޮމިޓީގެ ނިންމުން: ދެ އިންތިޚާބު އެއްކޮށްލަން ފެނޭޚަބަރު | 2 ދުވަސް ކުރިން