logo
ޚަބަރު

ކެންސަރު ބަލީގެ ސްޕެޝަލިސްޓުން މަދުކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި

އާމިނަތު ޝަފާ
30 އޮކްޓޯބަރު 2024 - 12:59
މެޑަމް ސާޖިދާ
މެޑަމް ސާޖިދާ

އޮންކޮލޮޖީ ނުވަތަ ކެންސަރުފަދަ ބަލިތަކުގެ ސްޕެޝަލިސްޓުން ރާއްޖޭގައި މަދުކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފާޅުކުރައްވައިފިއެވެ.

އެކަމަނާ މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ ބުދަ ދުވަހު ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް މަތިވެފައިވާކަން ފާހަގަކުރައްވައި، މިއީ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިގޮންޖެހުންތަކުން އަރައިގަތުމަށް ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި މިހާރުވެސް ބައެއް ބަލިތަކުގެ ސްޕެޝަލިސްޓުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މެރކް ފައުންޑޭޝަންގެ ކެމްޕޭންތަކަށް ތަޢުރީފު ކުރައްވައި އަދި ކޮންފަރެންސްގައި ފަސްޓް ލޭޑީންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަށް ތަޢުރީފުކުރައްވައި، މި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ލަސްނުކޮށް ފަރުވާދިނުމަށް އިސްކަންދޭންޖެހޭ: ފަސްޓް ލޭޑީ ޚަބަރު | 4 ދުވަސް ކުރިންހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސްގެ އަނބިކަނބަލުން ފޮނުއްވައިފިޚަބަރު | 2 މަސް ކުރިންސަޢުދީ ސަރުކާރުގެ ޚާއްސަ ދަޢުވަތަކަށް، ރައީސްގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގަންނަވަނީ ޚަބަރު | 3 މަސް ކުރިންދަރިއަކަށް އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާޚަބަރު | 4 މަސް ކުރިން