logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރިއަކަށް އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ

މުހައްމަދު މޫސާމުހައްމަދު މޫސާ
11 މޭ 2025 - 11:59
ދަރިއަކަށް އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އަދި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން ކަމަށް ރާއްޖޭގެ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި އާންމުކުރެއްވި ތަހުނިޔާގެ މެސެޖެއްގައި ފަސްޓްލޭޑީ ވިދާޅުވެފައިވަނީ، "ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވަން" މެޑަމް ސާޖިދާ އިތުރަށް ވިދާޅުވެފައިވެއެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވެފައިވަނީ ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށެވެ. އަދި މަންމައިންގެ ދުވަހުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯބިކަމަށެވެ.

ރާއްޖޭގައި މަންމައިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަހަކީ މަންމައިންނާއި މައިވަންތަ ފަރާތްތައް ފާހަގަކޮށް، އެމީހުން ކުރާ ހުރިހާ ކަމަކަށް ޝުކުރުވެރިވުމަށް އޮންނަ ދުވަހެކެވެ. އަދި މައިވަންތަ ފަރާތްތަކުން އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށާއި މުޖުތަމަޢުގައި އެމީހުން ކުރާ މަސައްކަތަށް ޝުކުރުވެރިވުމަށް އެދޭ ދުވަހެއްވެސް މެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޚުލާޤު ރަނގަޅު ޖީލެއް އުފެއްދުމަކީ, ޤައުމަށް ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް: ފަސްޓް ލޭޑީޚަބަރު | 5 ގަޑިއިރު ކުރިންކާބޯތަކެތީގެ މަންފާ ސިއްޙަތަށް ލިބޭނީ ރައްކާތެރި ދަނޑުވެރި ނިޒާމެއް ޤާއިމުކުރެވިގެން: ފަސްޓް ލޭޑީޚަބަރު | 11 ދުވަސް ކުރިންއަންހެން ކުދިންނަށް މުޖުތަމައަށް ޙިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދޭން ޖެހޭ: ފަސްޓް ލޭޑީޚަބަރު | 15 ދުވަސް ކުރިންކުއްލި ޙާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރަންޖެހޭ: ފަސްޓު ލޭޑީޚަބަރު | 16 ދުވަސް ކުރިން