logo
Bank of Maldives

Bank of Maldives

ޚަބަރު

ސަޢުދީ ސަރުކާރުގެ ޚާއްސަ ދަޢުވަތަކަށް، ރައީސްގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު -- ފޮޓޯ: ރައީސް އޮފީސް

 ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ހިލޭ ދަތުރުފުޅެއްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މާދަމާ ޙައްޖަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

ރައީސް އެފަދައިން ހާމަކުރެއްވީ، އެމަނިކުފާނުގެ ޚާއްސަ ޕޮޑްކާސްޓު ކަމުގައިވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި، ރައީސް ޙައްޖަށް ވަޑައިގަންނަވަނީ ސައުދީ ސަރުކާރުންދޭ 1،000 ކޯޓާގެ ތެރެއިން ކަމުގައި ބައެއް ފަރާތްތަކުން ބުނާތީ އެކަމާ ގުޅޭ ގޮތުން އެ ޕޮޑްކާސްޓުގެ ޕްރެޒެންޓަރު ޝަކީބް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް ވިދާޅުވީ، ޙައްޖުގެ ފުރުސަތަކީ އެ މަނިކުފާނަށް ވެސް އަދި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެސް ދޭ ޚާއްސަ ފުރުސަތެއް ކަމަށާއި، އެއީ ކޯޓާގެ ތެރެއިންދާ ކަމެއް ނޫން ކަމަށެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅުވައި، އެފަދަ ދޮގު ވާހަކަތައް ފެތުރުމުކީ ދެރަ ކަމެއް ކަމަށާއި، އެ ކަމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

1،000 ކޯޓާއަކީ ހަމަ އެ ކޯޓާ. އޭގެ ބޭރުން ފުރުސަތެއް ނޫނިއްޔާ ދައުވަތެއް މި ލިބެނީ. އެއީ ހަމަ އޭގެ ބޭރުން ވަކިން ހަމަޖައްސައިދޭ ކަމެއް. އަޅުގަނޑަށް ވަރަށް ޚާއްސަ ގޮތަކަށް މިކަންކަން ހަމަޖައްސައިދީފައި މި އޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖުކޮށް ހަމަޖައްސައިދީފައި އެނގޭތޯ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ހައްޖަށް ވަޑައިގަންނަވަނީ ސަޢޫދީ މެހެމާންދާރީގެ ތެރެއިން ސަޢޫދީ ރޯޔަލް ކޯޓުން ހަމަޖައްސައިދެއްވާފައިވާ ޚާއްސަ އިންތިޒާމެއްގެ ދަށުންނެވެ. އަދި އެކަމަށް ޚާއްސަކޮށް، ސަޢުދީ ސަރުކާރުން މަތިންދާ ބޯޓެއް ވެސް ހަމަޖައްސަވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ސައުދީ ސަރުކާރުން އެމަނިކުފާނުގެ ދެ ކަނބަލުންނަށް ދޭ އެ ފުރުސަތަށްޓަކައި، ސައުދީގެ ވަލީ އަޙުދު އަދި ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، އެކަމަށްޓަކައި ވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރަައްވާފައެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، ސައުދީ ސާރުކާރުން ދިން ޚާއްސަ ފުރުސަތެއްގައި މިދިޔަ އަަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ވެސް، ރައީސްގެ ދެ ކަނބަލުން ވަނީ ޢުމްރާގެ އަޅުކަމަށް ސައުދީއަށް ވަޑައިގަންނަވައިފައެވެ. އެ އުމްރާގެ މެހެމާންދާރީ ވެސް ވަރަށް ފުރިހަމަކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީގެ މަންފާ ސިއްޙަތަށް ލިބޭނީ ރައްކާތެރި ދަނޑުވެރި ނިޒާމެއް ޤާއިމުކުރެވިގެން: ފަސްޓް ލޭޑީޚަބަރު | 10 ދުވަސް ކުރިންއަންހެން ކުދިންނަށް މުޖުތަމައަށް ޙިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދޭން ޖެހޭ: ފަސްޓް ލޭޑީޚަބަރު | 14 ދުވަސް ކުރިންރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށްޓަކާ: ރައީސްޚަބަރު | މަހެއް ކުރިންއަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ލަސްނުކޮށް ފަރުވާދިނުމަށް އިސްކަންދޭންޖެހޭ: ފަސްޓް ލޭޑީ ޚަބަރު | 2 މަސް ކުރިން