logo
MPL

MPL

ޚަބަރު

އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖުލައި 2026 - 14:39
މެޑަމް ސާޖިދާ  ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް
މެޑަމް ސާޖިދާ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފްލާގެ ތެރެއިން އެކަމަނާ ވަނީ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވާފައެވެ. އެ ސެންޓަރުގެ އާ ނަމަކަށް ހަމަޖައްސާފައިވަނީ "ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ ޤައުމީ މަރުކަޒު" އެވެ.

ރަސްމިއްޔާތުގެ ތެރެއިން، ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯ ރިޕޯޓެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވިއެވެ. މި ރިޕޯޓުގައި ސެންޓަރުގެ ފާއިތުވި 10 އަހަރުގެ ކާމިޔާބީތަކާއި ޚިދުމަތުގެ ދަތުރު ހިމަނާފައިވެއެވެ.

އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރަކީ ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ހުރި އެންމެ ޚާއްސަ މަރުކަޒެވެ. 24 ގަޑިއިރު ޚިދުމަތް ދެމުންދާ މި މަރުކަޒުގައި ހިތުގެ ބަލިތައް ދެނެގަތުމާއި، އޮޕަރޭޝަން ކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމުކޮށްފައިވެއެވެ. މީގެ ތެރޭގައި އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން، ކޮރޮނަރީ ކޭއާ ޔުނިޓް (ސީސީޔޫ) ގެ ފަރުވާތައް ހިމެނެއެވެ.

މި ސެންޓަރުން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި އީސީޖީ، ހޯލްޓަރ މޮނިޓަރިންގ، އިކޯކާޑިއޮގްރަފީ އަދި ޓީއެމްޓީ ފަދަ ޓެސްޓުތައް ހިމެނެއެވެ. އަދި ކެތު ލެބް މެދުވެރިކޮށް އެންޖިއޯގްރާމް އާއި އެންޖިއޯޕްލާސްޓީ ފަދަ އިންވޭސިވް ޕްރޮސީޖާތަކާއި، ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ޚާއްސަ ފަރުވާތައްވެސް މި މަރުކަޒުން ފޯރުކޮށްދެއެވެ.

ޚިދުމަތް ހޯއްދަވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް 3335336 ނުވަތަ 3316650 ނަންބަރަށް ގުޅުއްވުމަށް ހޮސްޕިޓަލުން އިރުޝާދުދެއެވެ. އެޕޮއިންޓްމަންޓް ހެއްދުމުގައި ލުއިފަސޭހަ ކުރުމަށްޓަކައި، ބަލިމީހާގެ ކުރީގެ ރިޕޯޓުތަކާއި މެޑިކަލް ރިކުއިޒިޝަން ފަދަ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހޮސްޕިޓަލުން އެދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހީންގެ ކެރުމާއި އެއްބައިވަންތަކަމުގެ ރީތި މިސާލެއް: ފަސްޓް ލޭޑީޚަބަރު | 11 ދުވަސް ކުރިންޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | 11 ދުވަސް ކުރިންވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލަންޖެހޭ: ފަސްޓް ލޭޑީޚަބަރު | 13 ދުވަސް ކުރިންވެއަތުވި ދެ އަހަރުތެރޭ މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރި ކަމަށް ކުރި އެރުންތަކެއް ލިބިއްޖެޚަބަރު | 23 ދުވަސް ކުރިން