logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާ

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖުލައި 2026 - 11:59
ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާ

ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ހުރި މިންވަރަކީ އެ ޤައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ބޭއްވުނު "ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026" (އައި.ޖޭ.ސީ.އެޗް.ޕީ 2026) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ޞިއްޙީ ޚިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައިވަނީ ބަލިމީހެއްގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލު ކަމަށެވެ. އަދި ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން ފާހަގަކުރައްވައި، އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށްވުރެ ބޮޑަށް ޤައުމެއްގެ ބާރުވެރިކަން މިންކުރަންޖެހޭނީ ރައްޔިތުންގެ މުހިންމުކަމުގެ މައްޗަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް (AI) އާއި ރޮބޮޓިކްސް ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުންތެރިކަން ބޮޑުވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމާއި ކުލުނު ގެނެސްނުދެވޭނެ ކަމަށާއި، ޓެކްނޮލޮޖީއަކީ ހަމައެކަނި އިންސާނުންގެ ލާބަޔަށް ބޭނުންކުރާ ވަސީލަތަކަށް ވާންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާއި ޖިއޮގްރަފީ ގޮންޖެހުންތަކަށް ބައްލަވައި، ވިލުންތެރި ޞިއްޙީ ނިޒާމެއްގެ މުހިންމުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަން އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ.

ނަރުހުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވަމުން އެކަމަނާ ވިދާޅުވީ، ބަލިމީހުންގެ ޙާލަތު އެންމެ ގާތުން ދެނެގަނެ، އެންމެ ފުރަތަމައާއި އެންމެ ފަހުންވެސް އެހީތެރިކަން ފޯރުކޮށްދެނީ ނަރުހުން ކަމަށެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާގެ އިސް ސަފުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ މުޅި ނިޒާމު އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، މި ކޮންފަރެންސްގެ މަޤްޞަދުތައް ޙާޞިލުވެ، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ މެދުގައި އިލްމީ އަދި ފަންނީ ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެކަމަނާ އެދިވަޑައިގަތެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | 2 ގަޑިއިރު ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިންރާއްޖޭގެ ފުރަތަމަ ޤައުމީ ގަރލް ގައިޑް ދުވަހުގެ ޖަލްސާ ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 5 ދުވަސް ކުރިންމުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމަށް ބާއްޖަވެރިކަން ގެނައުމަށް: ފަސްޓް ލޭޑީޚަބަރު | 17 ދުވަސް ކުރިން