logo
Bank of Maldives

Bank of Maldives

ޚަބަރު

ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފި

މަރިޔަމް ޔަނާ އަލީ
6 ނޮވެމްބަރު 2024 - 11:48
ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެއިން ބައިވެރި ވަނީ- ފޮޓޯ--/ އެމްއެމްޕީއާރްސީ
ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެއިން ބައިވެރި ވަނީ- ފޮޓޯ--/ އެމްއެމްޕީއާރްސީ

ޑަބްލިއުޓީއެމް ލަންޑަންގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ. ޑަބްލިއުޓީއެމް ކުރިއަށްދާނީ މިމަހުގެ 5 އިން 7 ވަނަ ދުވަހުގެ ނިޔަލަށް އެކްސެލް ލަންޑަންގައެވެ.

ޑަބްލިއުޓީއެމް ލަންޑަނަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޓްރެވަލް އެންޑް ޓޫރިޒަމް އިވެންޓެވެ. މިއަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖެ އިޝްތިހާރުކުރަނީ ދާއިރާގެ ފަރާތްތައް ހިމެނޭގޮތުން 217 މަންދޫބުން ހިމެނޭ ވަފުދަކާއެކުގައެވެ. މި ވަފްދުގައި ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ހިމެނިވަޑައިގަންނަވައެވެ.

ޑަބްލިއުޓީއެމް ލަންޑަންގައި މިފަހަރު ރާއްޖޭގެ ސްޓޭންޑަކީ 650 އަކަމީޓަރުގެ ސިންގަލް ޑެކަރ ސްޓޭންޑެކެވެ. މި ސްޓޭންޑްގައި 75 ކޯ އެގްޒިބިޓަރ ކައުންޓަރާއި 55 ބ2ީބީ މީޓިންގޓޭބަލް އަދި 3 އިންޑަސްޓްރީ މީޓިންގ އޭރިއާ ވަނީ ބަހައްޓާފައެވެ.

މި ހަރަކާތުގައި ބައިވެރިވ،ެ އެމްއެމްޕީއާރުސީއިން ދަނީ އިނގިރޭސިވިލާތާއި ދުނިޔޭގެ މަޝްހޫރު ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅިގެނ،ް ވަން އޮން ވަން ބައްދަލުވުންތައް ބޭއްވުމާއ،ި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާކުރުމާއ،ި ވަކިވަކި ޕްރޮޕަޓީތައް އިޝްތިހާރު ކުރުމަށް ސްޓޭކްހޯލްޑަރުންނަށް ޕްލެޓްފޯމެއް ފަހިކޮށްދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނގިރޭސިވިލާތަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 125،016 ފަތުރުވެރިން މި މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ 8.5 އިންސައްތަ މާކެޓް ހިއްސާއެވެ.

ޑަބްލިއުޓީއެމް ލަންޑަން 2024ގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމަކ،ީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށ،ް ފަތުރުވެރިންގެ އަދަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިނގިރޭސިވިލާތުގެ މާކެޓުގައި ހަރަކާތްތެރިވާ މުހިންމު އޮޕަރޭޓަރުންނާއި މީޑިއާތަކާ އެކު ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށްދޭ ހަރަކާތެއްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަށް ތާޢީދުކޮށް ލަންޑަންގެ އެތައް ބަޔަކު މަގުތަކަށް ޚަބަރު | މަހެއް ކުރިންޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފިޚަބަރު | އަހަރެއް ކުރިން