ފަލަސްތީނަށް ތާޢީދުކޮށް ލަންޑަންގެ އެތައް ބަޔަކު މަގުތަކަށް
7 ސެޕްޓެމްބަރު 2025 - 10:08

ލަންޑަންގެ މެދުތެރޭގައި ބޭއްވި ބޮޑު މުޒާހަރާއެއްގައި، މަނާކޮށްފައިވާ ޖަމާއަތެއް ކަމަށްވާ ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް މުޒާހަރާކުރި 425 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މެޓްރޯޕޮލިޓަން ފުލުހުން ބުނެފިއެވެ
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އެއްވެސް ތަނަކަށް ގެއްލުމެއް ނުދީ ކުރި މުޒާހަރާގައި ފުލުހުން ވަނީ އެތައް ބައިވަރު މީހުން ހައްޔަރުކޮށްފައެެވެ. ހަމަ އެއާއެކު ޕަލަސްޓިން އެކްޝަން މަނާ ކުރިކަން ގަބޫލު ނުކުރާ ކަމަށާއި، އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބައިވެރިން ވަނީ ގޮވާލާފައެވެ.

Ad by Hajj Corporation
އިސްރާއީލުގެ ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ އަމަލާއި މެދު ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އެކަމާ އިދިކޮޅަށް އަޑު އުފުލަމުންނެވެ.
މި މުޒާހަރާގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައިވަނީ، މަނާކޮށްފައިވާ ޖަމާއަތަކަށް ތާއީދުކުރުމުގެ ސަބަބުންނެވެ. ޕަލެސްޓައިން އެކްޝަންއަކީ ސީދާ އަމަލުތައް ހިންގާ ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތެކެވެ. މުސްލިމުންނަށް ތާއީދުކުރާތީ މި ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި މިދިޔަ ޖުލައި މަހު ލަންޑަނުގައި މަނާކޮށްފައިވާތީ، އެ ޖަމާއަތަށް ތާއީދުކުރުމަކީ ލަންޑަނުގައި ގާނޫނީ ކުށެކެވެ.
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ސަބަބުން ލަންޑަންގައި ގިނަ ބަޔަކު މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި މުޒާހަރާތަކުގައި ދުވަހަކުވެސް މުޒާހަރާތަކުގައި ބައިވެރިނުވާ ވަރަށް މީހުން ވަނީ ބައިވެރިވެފައެވެ.