logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅަނގު އައްސޭރި އިސްރާއީލުގެ މުށުތެރެއަށް ލާން ފާސްކޮށްފި

އާމިނަތު ޝަފާ
22 އޮކްޓޯބަރު 2025 - 15:16
ހުޅަނގު އައްސޭރި އިސްރާއީލުގެ މުށުތެރެއަށް ލާން ފާސްކޮށްފި

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރި، އިސްރާއީލުގެ ތެރެއަށް ވެއްދުމުގެ ބިލު ޔަހޫދީންގެ ގާނުނު ހަދާ މަޖިީހުން ފާސްކޮށްފިއެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއިލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި މީހުން އާބާދުކުރުން ގިނަކުރުމުގެ މަސައްކަތް ޔަހޫދީ ގައިރު ގާނޫނީ ސަރުކާރުން ދަނީ ކުރަމުންނެވެ. ހިފާފައިވާ ސަރަހައްދުގައި އިސްރާއިލްގެ 7 ލައްކައެއްހާ މީހުން މިހާރުވެސަ ވަނީ ވަޒަންވެރިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަހޫދީންގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހުޅަނގު އައްސޭރި، އިސްރާއީލުގެ ތެރެއަށް ވެއްދުމުގެ ބިލު ފާސްކުރުމަށް 25 މެންބަރުން ވޯޓު ދިންއިރު ބިލާ ދެކޮޅު ހެދީ އެންމެ މެމްބަރެކެވެ.

ބިލު ފާސްކުރިއިރު މި ބިލާ މި ދަނޑިވަޅަށް ދެކޮޅު ކަމަށް ޔަހޫދީ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ.

ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ ގިނަ މެންބަރުން މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް އެ ޕާޓީގެ ޔޫލީ އެޑެލްސްޓައިން ވަނީ ބޮޑުވަޒީރުގެ ނިންމުމާ ޚިލާފަށް ބިލަށް ތާއީދުކޮށް ނިންމުން ކަނޑައެޅި ވޯޓު ދީފައެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ހުޅަނގު އައްސޭރި، އިސްރާއީލުގެ ތެރެއަށް ވެއްދުމާ ދެކޮޅުކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ދެ އަހަރުވީ ޣައްޒާ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަަސްވުމުގެ ފުރަތަމަ މަރުޙަލާއަށް އަމަލު ކުރަން ފަށާފައިވީ ނަމަވެސް، ޔަހޫދީން އަަދިވެސް އެއްކޮށް ހަނގުރާމަ ހުއްޓާލާފައެއް ނުވެއެވެެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 17 ދުވަސް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 21 ދުވަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | މަހެއް ކުރިންނަމަކަށް ހަމަލާތައް ހުއްޓާލިފަހުންވެސް ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލައިފިދުނިޔެ | މަހެއް ކުރިން