logo
Bank of Maldives

Bank of Maldives

ދުނިޔެ

ގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ

އާމިނަތު ޝަފާ
30 ޑިސެމްބަރު 2025 - 04:21
ގެއްލިގެން ދިޔަ ޣައްޒާގެ އަޑު:  އަބޫ އުބައިދާ
"ދެ ގަރުނެއްހާ ދުވަސްވަންދެން ސަހުޔޫނީ ދުޝްމަނުން މާޔޫސްކޮށްލައި، މުއުމިނުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ގައްސާމްގެ ތަރުޖަމާނު ހުދައިފާ ސަމީރު ޢަބްދުﷲ އަލް-ކަޙްލޫތު ވަކިވެދިޔުމަކީ ބޮޑު ހިތާމައެއް.".

އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްސްގެ އައު ތަރުޖަމާނު އޭނާގެ ވާހަކަފުޅު ފެއްޓެވީ މިފަދައިންނެވެ. އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެެ.

Ad by Hajj Corporation

Ad by Hajj Corporation

ރަތް ކަފިއްޔާއަކުންމޫނުފުޅު ނިވާކުރައްވައިގެން ހުންނެވި ޣައްޒާގެ ގަދަފަދަ އަޑަށް އަޅުގަނޑުމެން އިހުތިރާމާއި ގަދަރުކުރަން. އަބޫ އުބައިދާއަކީ އެންމެ ދަތި އަދި ބިރުވެރި ދުވަސްވަރު ވެސް މުސްލިމުންނާ އެންމެ ހިނދުކޮޅަކަށްވެސް ވަކިވެވަޑައިގެންނެވި ބޭފުޅެއް ނޫން. އަދިހަނގުރާމައިގެ މައިދާނުގެ މެދުގައި ހުންނަވާ އޭނާ ވަނީ މުސްލިމު އުއްމަތާ މުޚާތަބުކުރައްވާފައި".

މި ބަސްފުޅުތަކާއެކު ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު  'އަބޫ އުބައިދާ' ގެ ނަމުން މަޝްހޫރުވި ހުދައިފާ ސަމީރު ޢަބްދުﷲ އަލް-ކަޙްލޫތު ޝަހީދުވިކަން ހަމާސްއިން ހާމަކުރީ ފަހުރުވެރިކަމާއެކުގައެވެ.

ފާއިތުވި 20 އަހަރު ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނުގެ ގޮތުގައާއި އަސްކަރީ ޔުނިޓުގެ އިސްވެރިއެއްގެ ގޮތުގައި 'އަބޫ އުބައިދާ' ވަނީ މަސައްކަތް ކުރައްވާފައެވެ.

ޝަހީދުވީ އޯގަސްޓުމަހު ސަހުޔޫނީން ޣައްޒާއަށްދިން ހަމަލާތަކެއްގައެވެ. އަބޫ އުބައިދާއަކީ އޭނާ ދެއްވާ ތަގުރީރުތަކުގައި ޔަހޫދީންނަށް ވަރަށް ބޮޑަށް ފުރައްސާރަކުރައްވައި ޔަހޫދީންނާ ދެކޮޅަށް އުއްމަތް އެއްބައިވުމަށް ގޮވާލައްވާ ބޭފުޅެކެވެ. އަބޫ އުބައިދާގެ ތަގުރީރެއް އެންމެ ފަހުން އާންމުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، ޣައްޒާ ހަނގުރާމަ އެންމެ ހޫނުވީ ދަނޑިވަޅުގައެވެ. މި ތަގުރީރުގައިވެސް ސަހުޔޫނީގެ ބޮޑުންނާއި އެމެރިކާއަށް ހަރުއަޑުން ބަހުގެ ހަމަލާތައް ދެއްވައި މުސްލިމް އުއްމަތް އެކުވެރިވެ ސަހުޔޫނީންނާ ދެކޮޅަށް ތެދުވުމަށް ގޮވާލެއްވިއެވެ. މުޖާހިދުންނަށް ހިތްވަރު ދެއްވިއެވެ. ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ ހައްގެއްކަމަށާއި އެބިމުން އިންޗިއެއްވެސް ސަހުޔޫނީންނަށް ދޫނުކުރައްވާނެކަމަށެވެ. އަދި ފަލަސްތީނުގެ ބިމުން ސަހުޔޫނީން ބޭރުކޮށް އެ ބިން ސާފުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ހިތްވަރުގެ މި ބަސްތަކާ ގުޅިގެން އޭރުވެސް  'އަބޫ އުބައިދާ'އަކީ ބަޠަލެއްގެ ގޮތުގައި މުސްލިމް އުއްމަތް އައީ ފާހަގަކުރަމުންނެވެ. ނަމަވެސް ހިތްވަރާ މިނިވަންކަމަށް ކުރާ ލޯބީގެ ބޮޑުކަމުން ސަހުޔޫނީންނާއި އެމީހުން ވާގިވެރިން ނަފުރަތު ކުރާ ދުޝްމަނަކަށް  'އަބޫ އުބައިދާ' ބަދަލުވެގެންދިޔައެވެ. 'އަބޫ އުބައިދާ' ޝަހީދުކޮށްލުމަށް މިހާތަނަށް ގިނަ ހަމަލާތަކެއް ދީފައިވަނީ މިގޮތަށް އުފަންވާ ލީޑަރުން ޝަހީދުކޮށް އެބޭފުޅުންގެ ވަސް ދުނިޔެއިން ފޮހެލުމަށް ޔަހޫދީން ގެންގުޅޭ އެޖެންޑާގެ ދަށުންނެވެ.

އަބޫ އުބައިދާގެ އިތުރުން ޣައްޒާގެ ޗީފް މުހައްމަދު ސިންވާރް އާއި ހަމާސްގެ ރަފަހް ބްރިގޭޑްގެ ހެޑް މުހައްމަދު ޝަބަނަހް އަދި ހަމާސްގެ އިސް ދެ ލީޑަރުން ހަކަމް އަލް-އިސީ އާއި ރައިދު ސާދް ވެސް ވަނީ މިހާތަނަށް އައިއިރު ޝަހީދުވެފައެވެ. މީގެ އިތުރުން ހަމާސްގެ ކުރީގެ އަސްކަރީ ކޮމާންޑަރު ޔަހުޔާ ސިންވާރާއި ހަމާސްގެ ކުރީގެ އަސްކަރީ ކޮމާންޑަރު މުހައްމަދު ދެއިފް އާއި ކުރީގެ އަސްކަރީ ޗީފް އިސްމާއިލް ހަނިއްޔާވެސް ވަނީ ޝަހީދުކޮށްލާފައެވެ.

2002 ވަނަ އަހަރު ގައްސާމްގެ ފީލްޑް އޮފިސަރެއްގެ ގޮތުގައި އަބޫ އުބައިދާ މަޝްހޫރިވީންސުރެން ފެށިގެންވެސް މީޑިއާތަކަށް މޫނު ހާމައެއް ނުކުރައްވައެވެ. ހަމާސްގެ ތަރުޖަމާނަކަށް އަބޫ އުބައިދާ އައްޔަނުކުރެވިގެންދިޔައީ 2005 ވަނަ އަހަރުއެވެ.

އަބޫ އުބައިދާ ރަތްކުލައިގެ ކަފިއްޔާއަކުން މޫނު ނިވާކޮށްގެން ހުންނަވަނީ ހަމާސްގެ ފިކުރު ފަލަސްތީނުގެ ފަސްގަނޑުގައި އިތުރަށް ދިރުވުމުގެ ބޭނުމުގައްޔާއި ޝަހީދުވެފައިވާ ހަމާސްގެ ލީޑަރުންގެ ޝަރަފަށްޓަކައެެވެ.

އެގޮތުން 1993 ވަނަ އަހަރު އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޙަމާސްގެ ފުރަތަމަ ކޮމާންޑަރުން ކަމަށްވާ ޔާސިރު އަލް-ނަމްރޫތީ އާއި ޢިމާދު ޢާކިލް ޝަހީދުވިއިރު އެބޭފުޅުންވެސް ވަނީ ރަތް ކަފިއްޔާއަކުން މޫނު ނިވާކުރެވިފައެވެ. މީގެ އިތުރުން ޙަމާސްގެ ހަތިޔާރުއެޅި ގޮފީގެ ކުރީގެ ވެރިޔާ މުޙައްމަދު ދެއިފް ޝަހީދުވުމުގެ ކުރިން އެންމެ ފަހުން އާއްމުކުރެއްވި ވީޑިއޯ މެސެޖުގައިވެސް ޝަހީދުންނަށް އިހުތިރާމު އަދާކޮށް ފަލަސްތީނުގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް މި ކަފިއްޔާއިން މޫނު ނިވާކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 3 ގަޑިއިރު ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 4 ދުވަސް ކުރިންޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | 16 ދުވަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 20 ދުވަސް ކުރިން