logo
Bank of Maldives

Bank of Maldives

ދުނިޔެ

ދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒް

އާމިނަތު ޝަފާ
26 ޑިސެމްބަރު 2025 - 04:35
ދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒް

 ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާއިން ދުވަހަކުވެސް ޔަހޫދީ ސިފައިން އެއްކޮށް ނުފައިބާނެ ކަމަށް ޣައިރު ގާނޫނީ ސަހުޔޫނީ ދައުލަތުގެ ދިފާއީ ވަޒީރު، އިސްރާއީލް ކަޓްޒް ބުނެފިއެވެ.

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ސަހުޔޫނީންގެ ވަޒަންވެރިން ދިރިއުޅުމަށް 19 އައު ސަރަހައްދެއް ކަނޑައެޅުމަށް އެމީހުންގެ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ވިލާތުގެ އިއްތިހާދާއެކު ގިނަ ގައުމުތަކަކުން ގޮވާލަމުންދާ މި ދަނޑިވަޅުގައި ކަޓްޒް ވަނީ ޣައްޒާއިން ޔަހޫދީ ސިފައިން ދުވަހަކު ވެސް އެއްކޮށް ނުފައިބާނެކަމަށް ބުނެ ގަދަބަސް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅަނގު އައްސޭރީގައި ސަހުޔޫނީ ވަޒަންވެރިން އިތުރުކުރުމުގެ ވިސްނުން ދޫކޮށްލުމަށް ގޮވާލި 19 ގައުމުގެ ތެރޭގައި އިނގިރޭސިވިލާތް، ބެލްޖިއަމް، ޑެންމާކް، ފަރަންސޭސިވިލާތް، އިޓަލީވިލާތް، އައިސްލެންޑް، އަޔަރލެންޑް، ޖަޕާން، މޯލްޓާ، ނެދަރލެންޑްސް، ނޯވޭ އަދި ސްޕެއިން ހިމެނެއެވެ.

2022ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި 51،000އަށް ވުރެ ގިނަ ގެ އެޅުމުގެ ހުއްދަ ސަހުޔޫނީ ޣައިރު ގާނޫނީ ސަރުކާރުން ދީފައިވެއެވެ.

ސަހުޔޫނީން ޣައްޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުން އަންނަތާ މިއަދަށް 812 ދުވަސް ވަނީ ވެފައެވެ.

އަދިވެސް ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ހަމަލާތައް ދަނީ ވަރުގަދަކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | މަހެއް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 2 މަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 2 މަސް ކުރިންނަމަކަށް ހަމަލާތައް ހުއްޓާލިފަހުންވެސް ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 2 މަސް ކުރިން