logo
Bank of Maldives

Bank of Maldives

ޚަބަރު

ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

އައިޝަތު ނަޝާ
26 މާރިޗު 2026 - 07:05
ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

‏ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، މޯލްޑިވްސް ޒަކާތު ހައުސްއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 5 ލައްކަ ރުފިޔާ، ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާ އެސޯސިއޭޝަން މޯލްޑިވްސް އާއި ޒަކާތު ހައުސްގެ ފަރާތުން ވަނީ ހަވާލު ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފައިސާއިން ވަނީ ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ޕެކް ބަހާފައެވެ. މި ޕެކްގައި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތައް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހަނޑޫ، ކައްކާ ތެޔޮ، އަދި ކާތަކެތި ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ދަޅު ހިމެނެއެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހާ ތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ.

 

 

މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާއެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައި ނިމިފައިވާއިރު، މިއަހަރު ބަހާފައިވަނީ ބޮލަކަށް 6,000 ރުފިޔާގެ މަގުންނެވެ.

ރާއްޖެއިން މީގެ ކުރިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ގާތްގަނޑަކަށް ނަވާރަ ހާހަށް ތިރިވެއްޖެޚަބަރު | 22 ދުވަސް ކުރިން ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާޚަބަރު | މަހެއް ކުރިންޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 2 މަސް ކުރިންފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!ޚަބަރު | 2 މަސް ކުރިން