logo
Bank of Maldives

Bank of Maldives

ޚަބަރު

ޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެ

އައިޝަތު ނަޝާ
11 ޖުލައި 2026 - 13:28
ޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެ

ހުސްވި ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 79 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއަހަރު ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް މުދަލުގެ ޒަކާތުން ދައުލަތަށް މިވަނީ 79،600،886ރ. (ހަތްދިހަ ނުވަ މިޔިޔަން ހަލައްކަ އައްސަތޭކަ އައްޑިހަ ހަ ރުފިޔާ) ލިބިފަ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 61،578،805ރ. ( ފަސްދޮޅަށް އެއް މިލިޔަން ފަސްލައްކަ ހަތްދިހަ އަށްހާސް އައްސަތޭކަ ފަސް ރުފިޔާ) އެވެ. މިދިޔަ އަހަރުގެ އާމްދަނީއަށް ބަލާއިރު، 107 މިލިއަން ރުރިޔާގެ އާމްދަނީ އެއް މުދަލުގެ ޒަކާތުން ދައުލަތަށް ލިބުނުއިރު މިއަހަރު ދެވަނަ ކުއާޓާ ހަމައަށް އައިއިރު، މި އަދަދާ ގާތްކުރާ އަދަދަކަށް މިވަނީ އާމްދަނީ ލިބިފަ އެވެ. މިއީ ބޮޑު ކުރިއެރުމެއް ކަމަށް މީރާ އިން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 107,205,043ރ. (ސަތޭކަ ހަތްމިލިޔަން ދެލައްކަ ފަަސްހާސް ސާޅިސް ތިން ރުފިޔާ) ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.8 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ކުރިން 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 102.2 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަކީ 19,527.90ރ. (ނަވާރަހާސް ފަސްސަތޭކަ ދުއިސައްތަ ހަތް ރުފިޔާ ނުވަދިހަ ލާރި) އެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށްގެންނެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނިގޮތުގައި، ނިސާބު ކަނޑައެޅުމުގައި ރިހީގެ އަގަށް ބަލައިގެން ފައިސާ އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާބޮޑު ގޮތް ކަމަށް ދީނީ އިލްމުވެރިން ލަފާދެއްވަ އެވެ. އަދި ރާއްޖޭގައި އަހަރުން އަހަރަށް މުދަލުގެ ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާކަންވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 2 ގަޑިއިރު ކުރިންފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!ޚަބަރު | 8 ދުވަސް ކުރިންތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފިޚަބަރު | 18 ދުވަސް ކުރިންފާއިތުވީ އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބު އާންމުކޮށްފިޚަބަރު | 2 މަސް ކުރިން