logo
MPL

MPL

ޚަބަރު

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ގާތްގަނޑަކަށް ނަވާރަ ހާހަށް ތިރިވެއްޖެ

އައިޝަތު ނަޝާ
21 އޯގަސްޓު 2026 - 12:20
 މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ގާތްގަނޑަކަށް ނަވާރަ ހާހަށް ތިރިވެއްޖެ

 އިއްޔެއިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،266.10ރ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.

އެންމެ ފަހުން މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅީ މިދިޔަ އޭޕްރިލް މަހުއެވެ.އޭރު މުދަލު ޒަކާތް ވާޖިބުވާ މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 21,836.50ރ. އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބަލާފައެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

 

View post on Twitter

ބާޒާރުގައި ރަނާއި، ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި، ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ، ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައި ލެވޭނެއެވެ.

ޒަކާތަށް ހޭލުންތެރިކުރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ރަނގަޅުވެ، ޒަކާތް ދައްކާ މީހުންގެ އަދަދު މިހާރު ވަނީ ގިނަވެފައެވެ. އެގޮތުން، މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަން ރުފިޔާ ފުރަތަމަ ފަހަރަށް ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ގާތްގަނޑަކަށް ނަވާރަ ހާހަށް ތިރިވެއްޖެޚަބަރު | 2 ގަޑިއިރު ކުރިން ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާޚަބަރު | 19 ދުވަސް ކުރިންޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | މަހެއް ކުރިންފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!ޚަބަރު | 2 މަސް ކުރިން