logo
Bank of Maldives

Bank of Maldives

ޚަބަރު

ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާ

އައިޝަތު އިނާޝާ
2 އޯގަސްޓު 2026 - 11:38
 ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާ

މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދުން ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ 2025ވަނަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި (އެޕްރީލުން ޖޫންއަށް) މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.73 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، 2026ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61.58 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.48 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18,824,537.13 ރުފިޔާ ދޫކޮށްފައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމުލަ 16,995,735.75 ރުފިޔާ ހޭދަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާޚަބަރު | ގަޑިއިރެއް ކުރިންޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 22 ދުވަސް ކުރިންފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!ޚަބަރު | މަހެއް ކުރިންތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފިޚަބަރު | މަހެއް ކުރިން