logo
MPL

MPL

ޚަބަރު

ޒަކާތުން މީހުން ބާރުވެރިކުރުވަން ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން ތަޢާރަފުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޮކްޓޯބަރު 2026 - 14:02
 ޒަކާތުން މީހުން ބާރުވެރިކުރުވަން ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން ތަޢާރަފުކޮށްފި

މޯލްޑިވްސް ޒަކާތު ހައުސްގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތް ބޭނުންކޮށްގެން މީހުން ބާރުވެރިކުރުވުމަށް އެކުލަވައިލި އެ އިދާރާގެ ފުރަތަމަ އިސްތިރާޖީ ޕްލޭން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޕްލޭން ތަޢާރަފުކޮށްދެއްވީ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ޒަކާތު ހައުސްއިން 2026 އިން 2028 އަށް އެކުލަވައިލާފައިވާ މި އިސްތިރާޖީ ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށް އެކުލަވައިލެވިފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ. މީގެ އިތުރުން އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތައް ފުޅާކުރުމާއި، އިދާރާގެ ޤާބިލުކަން އިތުރުކުރުމާއެކު ޒަކާތުގެ އިދާރީ ނިޒާމު ޒަމާނީކޮށް، އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުމުގައި އެ އިދާރާގެ ދައުރު ވަރުގަދަކުރުމަކީވެސް މި އޮނިގަނޑުގެ މައިގަނޑު މަޤްޞަދެއް ކަމަށް ޒަކާތު ހައުސްއިން ހާމަކުރެއެވެ.

އިސްތިރާޖީ ޕްލޭނުގައި ޒަކާތު ހައުސްއިން ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހު އިސްކަންދޭނެ މައިގަނޑު ހަތަރު ދާއިރާއެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

އިތުބާރު ދެމެހެއްޓުމާއި ޢާންމުން ހޭލުންތެރިކުރުވުން

ޒަކާތް ބަލައިގަންނަ މިންވަރާއި ވަސީލަތްތައް އިތުރުކުރުން

އުފެއްދުންތެރި ޒަކާތް ކުރިއެރުވުން

މަސައްކަތްތައް ޒަމާނީކުރުމާއި އިދާރާގެ ޤާބިލުކަން އިތުރުކުރުން

މި ކަންކަން ޙާޞިލުކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި، މާލީ ނަތީޖާއާއި، އޮޕަރޭޝަނަލް ހިންގުންތެރިކަމާއި، އަދި ދަސްކުރުމާއި ކުރިއެރުމުގެ ދާއިރާތައް ހިމެނޭހެން ސްޓްރެޓީޖިކް ލަނޑުދަނޑިތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދިން ގޮތުގައި މި ޕްލޭނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ހިންގުމުގެ އުސޫލުތައް ޢާންމުކުރުމާއި، ގަވާއިދުން މާލީ ރިޕޯޓުތައް ހާމަކުރުމަށެވެ. އަދި ޒަކާތް ދައްކާ ފަރާތްތަކަށާއި ޒަކާތުގެ މަންފާ ލިބޭ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ތެރެއިން ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޒިންމާދާރުކަން ކަށަވަރުކޮށްގެން ޢާންމުންގެ އިތުބާރު ބޮޑުކުރުމަކީވެސް މުހިންމު އަމާޒެކެވެ. މީގެ އިތުރުން ޒަކާތް ޙައްޤުވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، މިލްކިއްޔާތު ބިނާކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކަށް މިސްރާބު ބަދަލުކޮށް، އުފެއްދުންތެރި ޒަކާތުގެ ނަތީޖާ އެންމެ ފުރިހަމައަށް ނެރުމަށް މަސައްކަތްކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

 

މި އިސްތިރާޖީ ޕްލޭނާއެކު ދެފުށް ފެންނަ، ހަލުވި އަދި އިތުބާރު ހިފޭ ޒަކާތުގެ ނިޒާމެއް ބިނާކުރުމަށް މަސައްކަތްކުރާއިރު، މައިގަނޑު ބޭނުމަކީ ހަމައެކަނި ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެހީ ލިބޭ ފަރާތްތައް އަމިއްލަ ފައިމައްޗަށް ތެދުވެ ފުދުންތެރި ބަޔަކަށް ހެދުމެވެ. އަދި އަމިއްލަ ފުދުންތެރިކަން ހުރި މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭނެ ފަދަ ދެމެހެއްޓެނިވި ނިޒާމަކަށް ރާއްޖޭގެ ޒަކާތުގެ ނިޒާމު ބަދަލުކުރުމަކީ މި ޕްލޭންގެ މައިގަނޑު ތަޞައްވުރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކާތުން މީހުން ބާރުވެރިކުރުވަން ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން ތަޢާރަފުކޮށްފިޚަބަރު | ގަޑިއިރެއް ކުރިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ގާތްގަނޑަކަށް ނަވާރަ ހާހަށް ތިރިވެއްޖެޚަބަރު | 2 މަސް ކުރިން ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާޚަބަރު | 3 މަސް ކުރިންޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 4 މަސް ކުރިން