logo
Bank of Maldives

Bank of Maldives

ޚަބަރު

ފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!

އައިޝަތު އިނާޝާ
3 ޖުލައި 2026 - 07:25
ފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގެ މޯލްޑިވްސް ޒަކާތު ހައުސް  ސްޓޯލަށް ޒިޔާރަތްކުރައްވައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެކްސްޕޯގައިވާ ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި، ޒަކާތާ ބެހޭ މައުލޫމާތު ހުރި މިންވަރު ބަލާލުމަށާއި، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ޒަކާތު ކުއިޒް"ގެ ނަމުގައިވަނީ ހަރަކާތެއް ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެ ދުވަހަކުވެސް މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މީގެ އިތުރުން، އެކްސްޕޯގެ ތިން ދުވަހު ކުއިޒްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ "ގްރޭންޑް ލަކީ ޑްރޯ"އިން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.

މި ކުއިޒްގެ ސުވާލުތައް ބިނާކޮށްފައިވަނީ ޒަކާތުގެ އަސާސްތަކާއި، އުސޫލުތަކާއި، ޒަކާތާ ގުޅޭ އަމަލީ ކަންކަމުގެ އިތުރުން މޯލްޑިވްސް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައްޗަށެވެ.

ކުއިޒްގެ އިތުރުން، ޒަކާތާ ގުޅޭގޮތުން ދީނީ އިލްމުވެރިންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. އަދި ޒަކާތު ހައުސްގެ ޚިދުމަތްތަކުގެ މައުލޫމާތާއި، މިހާރު ހުޅުވާލެވިފައިވާ "ޒަކާތު ސްކޮލަރޝިޕް"އާ ގުޅޭ މައުލޫމާތު ހޯދުމުގެ އިތުރުން، ޒަކާތާ ގުޅޭ ފޮތްތަކާއި ލީފްލެޓްތައް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އާންމުންނަށް ހުޅުވާލެވިފައި ހުންނާނީ ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 3:00އިން ރޭގަނޑު 10:00އަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!ޚަބަރު | 2 ގަޑިއިރު ކުރިންތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފިޚަބަރު | 10 ދުވަސް ކުރިންފާއިތުވީ އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބު އާންމުކޮށްފިޚަބަރު | މަހެއް ކުރިންފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތަށް 45.3 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 2 މަސް ކުރިން