logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެ

ޒިދާން މުޙައްމަދު
10 ޑިސެމްބަރު 2025 - 12:27
ހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެ

ހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެއެވެ.

ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތިވެފައި ވަނީ "ބައިރަން" ނަމަކަށް ކިޔާ ތޫފާނެކެވެ. މި ތޫފާނާ ގުޅިގެން، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްތީނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ތޫފާން ބައިރަން ޣައްޒާއާ ކައިރިވަމުން އަންނަ އިރު، މިއަދު ފެށިގެން ހުކުރު ދުވަހުގެ ހަވީރުގެ ނިޔަލަށް ފަލަސްތީނުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގަދަ ކޮޅިގަނޑުތަކާ ލައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޣައްޒާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ވަނީ މިތޫފާނާ ގުޅިގެން ނުރައްކަލަށް ހުށަހެޅިފައެވެ. އެ މީހުން ތިބި ވަގުތީ ހިޔާތައް ކަމަށްވާ ފޭލިގެތައް ބަލިކަށިވުމާއި، ފޭލިގެތަކުގައި ގިނަ ބަޔަކު ތޮއްޖެހިފައި ތިބުމުގެ ސަބަބުން ނުރައްކާ ބޮޑު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޣައްޒާ ސިޓީގެ މޭޔަރު ވިދާޅުވީ ބައެއް މަގުތައް ބަންދުވެ، ފޭލިގެތަށް ހުރި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

މޫސުމީ ކާރިޘާއަކާ ޣައްޒާ ކުރިމަތިލަމުންދާއިރު، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރިމާތަކާއި ނަސްލުނައްތާލުމުގެ މުޖުރިމު އަމަލުތަކަށް ހުއްޓުމެއް ނާދެއެވެ.

ޣައްޒާއަށް އެއްގަމާއި ވައިގެމަގުން ހަމަލާތައް ދެމުންދާއިރު، އިސްރާއީލުން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ރެއިޑެއްގައި ފަލަސްތީނުގެ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

ޤަތަރުގެ ބޮޑުވަޒީރު މިމޭރުމުން ވާހަކަދެއްކެވިއިރު، ހަރުކަށި ޔަހޫދީ އިސްރާއީލޭ ކިޔުނު ޣައިރު ޤާނޫނީ ދައުލަތުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގައި ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅާފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،125 މީހުން ޝަހީދުވެ، 171،015 މީހުން ޒަޚަމްވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 2 ގަޑިއިރު ކުރިންނަމަކަށް ހަމަލާތައް ހުއްޓާލިފަހުންވެސް ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 7 ދުވަސް ކުރިންޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އަށް، ޔަހޫދީންގެ އަނިޔާވެރިކަން އަދިވެސް ކުރިއަށް ދުނިޔެ | 10 ދުވަސް ކުރިންހުޅަނގު އައްސޭރި އިސްރާއީލުގެ މުށުތެރެއަށް ލާން ފާސްކޮށްފި ޚަބަރު | 2 މަސް ކުރިން