logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ

އާމިނަތު ޝަފާ
14 ޑިސެމްބަރު 2025 - 12:27
ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ

ޔަހޫދީންގެ ހަމަލާއެއްގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ރާއިދު ސަޢަދު ޝަހީދު ކޮށްލައިފިއެވެ.

އާދިއްތަ ދުވަހު ނެރުނު ވީޑިއޯ ބަޔާނެއްގައި ސައުދު ޝަހީދުކޮށްލިކަން ކަށަވަރުކޮށްދެއްވަމުން، ހަމާސްގެ އިސްވެރިޔާ ޚަލީލް އަލް-ޙައްޔާ ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަނޑިވަޅުގައި ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރުމަށް ޔަހޫދީންގެ މައްޗަށް މަޖުބޫރު ކުރުވުމަށް ޚަލީލް އަލް-ޙައްޔާ ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ވެސް ގޮވާލައްވާފައެވެ.

ރާއިދު ސަޢަދު ޝަހީދު ކޮށްލާފައިވަނީ ޣައްޒާއަށް ދީފައިވާ ވައިގެ ހަމަލާތަކެއްގައެވެ. މި ހަމަލާތަކުގައި ރާއިދު ސަޢަދުގެ އިތުރުންވެސް ހަތަރު މީހަކުވަނީ ޝަހީދުވެފައެވެ. އަދި 25 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.


ހަމާސްއާއި ޔަހޫދީންނާ ދެމެދު ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެ، އެ އެއްބަސްވުމަށް އަމަލު ކުރަން ފެށިފަހުން އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެ 386 މީހުން ޔަހޫދީން ވަނީ ޝަހީދުކޮށްލާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | 9 ގަޑިއިރު ކުރިންހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި ޚަބަރު | 2 މަސް ކުރިންމުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 6 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިން