logo
Bank of Maldives

Bank of Maldives

World

މުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ

އަޙްމަދު ޒަލީފް
9 ޖޫން 2025 - 05:48
މުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ

މިދިޔަ މެއި މަހުގެ 13ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ހަސްފަތާލަކަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢާތުގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރެއް ކަމަށްވާ މުޙައްމަދު ސިންވާރުގެ ހަށިގަނޑު ހޯދާފައިވާ ކަމަށް ޔަހުދީން ބުނެފިއެވެ.

ނަމަވެސް މުޙައްމަދު ސިންވާރު ޝަހީދުވެފައިވާ ޙަމާސުން މިހާތަނަށް ޔަޤީން ކޮށްދީފައެއް ނުވެއެވެ. 

މުޙައްމަދު ސިންވާރަކީ ޙަމާސްގެ ކުރީގެ އިސްވެރިޔާ، ޔަޙްޔާ ސިންވާރުގެ ކޮއްކޯފުޅެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަޙްޔާ ސިންވާރު ޝަހީދުވުމުން އޭނާގެ މަސައްކަތްތަކާ ޙަވާލުވެވަޑައިގެންފައި ވަނީ މުޙައްމަދު ސިންވާރެވެ.

ޔަހޫދީންގެ އަސްކަރީ ފައުޖު، އައިޑީއެފުން ބުނީ މުޙައްމަދު ސިންވާރުގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހަސްފަތާލުގެ އަޑީގައިވާ ބިންގަރާހެއްގެ ތެރެއިން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙަމާސްގެ ރަފަޙް ބްރިގޭޑުގެ އިސް ކޮމާންޑަރު ކަމަށްވާ މުޙައްމަދު ސަބާނީހު ވެސް ހަސްފަތާލަށް ދިން ޙަމަލާގައި ޝަހީދުވެފައިވާ ކަމަށް ޔަހޫދީން ބުނެއެވެ. މުޙައްމަދު ސިންވާރުގެ ހަށިގަނޑުގެ އިތުރުން އިތުރު ބައެއްގެ ހަށިތައް ވެސް އެ ސަރަޙައްދުން ފެނިފައިވާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިޚަބަރު | 20 ދުވަސް ކުރިންގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 4 މަސް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 4 މަސް ކުރިންޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | 4 މަސް ކުރިން